ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑިވަރު އެއާޕޯޓް ހުކުރު ދުވަހު ހުޅުވަނީ

މަޑިވަރު އެއާޕޯޓުގެ ފޮޓޮއެއް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ހުކުރު ދުވަހު ހުޅުވަން ނިންމައިފި އެވެ.

މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 ގަ އެވެ. މި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަންނަވާނެ އެވެ.

އެ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް މި މަހު ފަށަން ނިންމާފައިވީ ނަމަވެސް އަދި ޓިކެޓް ވިއްކާކަށް ނުފަށަ އެވެ.

ޖުމްލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރެއްދޫ ހޯލްޑިންސް އިން 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ހިންގަން ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާ ހަވާލުކޮށްއެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: