ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަަރާޖް ވޯކްޝޮޕްތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން ދަންނަވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެތެރޭގައި ހުރި ގަރާޖުތަކާއި އަދި ސިނާއީ މަސައްކަތްތައް ކުރާ އެހެން ތަންތަން އިސްޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން ދަންނަވަން މާލޭ ސިޓީ ކައުންސިލުން ނިންމަވައިފި އެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާއަޅާ ތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަން އެކަމަށް ޚާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރަށް ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އިންޑަސްޓްރިއަލް ޒޯނަށް އެފަދަ ތަންތަން ބަދަލުކުރުމަށްޓަކައި، އެ ތަންތަނާބެހޭ މަޢުލޫމާތު އެއްކުރުމަށް ހިންގޭ ސާރވޭ މިއަދުވަނީ ފަށާފައި ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

https://twitter.com/MMuizzu/status/1400336462332133381?s=20

އެގޮތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ހ.ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރޯވެގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ކެމިކަލް ގުދަންތަކާއި އެފަދަ އެހެނިހެން ސިނާއީ މަސައްކަތްތައް ކުރާ ތަންތަން އާއްމުން ދިރިއުޅޭ ސަރަހައްދާއި ދުުރުގައި ހުންނަ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: