ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްބިއުލާންސް ނުފޮނުވައިގެން އާއިލާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ދިޔަ!

ކޮވިޑު ބަލީގައި ނިޔާވި މިޝްކާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު ބަލީގައި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވީ އެމްބިއުލާންސް ފޮނުވަން އެދި އެތައް ފަހަރަކު ގުޅުމުން ވެސް އެކަމުގެ މައުލޫމާތެއް ނުލިބިގެން އާއިލާއިން މީހަކު ދަރުބާރުގެއަށް ފޮނުވައިގެންކަމަށް ތަހްގީގު ރިޕޯޓްގައި ބުނެފިއެވެ.

މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިޝްކާގެ ހުން ގަދަވެ އެއްވެސް ކާއެއްޗެއް ނުކެވި ވަރުބަލިވެ ގަދައަށް ކެއްސާތީ ރިޕޯޓު ކުރީ 31 މޭއި މެންދުރު 02:20 ގައި ކަމަށެވެ. އަދި އެ މައުލޫމާތު ކޯލް ސެންޓަރުން އޯބީ ސިސްޓަމަށް އަޅައި ޓިކެޓު ރެޖިސްޓްރީކޮށްފައިވާކަމަށް ވެއެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ، ހަވީރުގެ 15:53 ގައި ބެލެނިވެރިއާ ހިއްސާކުރި މައުލޫމާތުތަކަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް މެޑިކަލް ރެސްޕޮންސް ޓީމްގެ ޑޮކްޓަރެއް ގުޅާފައިވާ ކަމަށެވެ. އަދި އެ ވަގުތު ގޭގައި ބޭނުން ކުރަމުންދިޔަ ބޭސް ކުރިޔަށް ގެންދިއުމަށާއި އިތުރު ކަމެއް ދިމާވާނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު އެދިފައިވާނެ ކަމަށެވެ.

އެރޭގެ 21:06 ގައި ގުޅާ މިޝްކާއަށް ހާލަތު ގޯސްވަމުންދާ ކަމާއި ނޭވާ ލާން އުނދަގޫވެގެން އުޅޭތީ ވީހާވެސް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބެލެނިވެރިން ބުންޏެވެ. އެ މައުލޫމާތު އޯބީ ސިސްޓަމަށް ރެޖިސްޓްރީކޮށް، މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ، 21:53 ގައި ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިއާއަށް ގުޅުމަށް މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އާއިލާއަށް ގުޅިފައިނުވާކަމަށް ރިކޯޑު ކުރުމުގެ ބަދަލުގައި ޝީޓަށް ރެޖިސްޓްރީ ކުރީ “އެޓެންޑެޑް” ގެ ނަމުގަ އެވެ.

ބެލެނިވެރިއާއަށް ކުރި ކޯލް މިސްވުމުން، އާއިލާއިން އަނބުރާ ގުޅިކަމަށާއި އަދި ކުއްޖާ ނޭވާ ނުލެވިގެން އުނދަގޫވެގެން އުޅޭކަމަށް ބުނިކަމަށް ވެއެވެ.

އޭގެ ފަހުން އަނެއްކާވެސް 22:33 ގައި ބެލެނިވެރިއާ ގުޅައި ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި، އެއްވެސް ދާއިމީ ބޭހެއް ނުނެގިޔަސް، ހާއްސައެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގާކަމާއި، އަދި ކުއްޖާގެ ބަލި ހާލަތުގެ ސަބަބުން އުނދަގޫތައް ބުނެ ނުދެވޭނެކަން ބެލެނިވެރިއާ ވަނީ ކިޔައިދީފަ އެވެ.

22:39 ވީއިރު ވެސް އެމްބިއުލާންސްއަށް ކުއްޖާ ބަލާ ދިއުމަށް އަންގާފައި ނުވާކަން ރިޕޯޓުގައި ފާހަގަ ކުރިއެވެ. އަދި ކުއްޖާގެ އާއިލާއިން ފަސް ފަހަރު ކޯލް ސެންޓަރަށް ގުޅިކަން ރިކޯޑުތަކުން ދައްކަ އެވެ.

އެތަނުން އެއް ކޯލްގައި ކުއްޖާ ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަންނަމުންދާކަމަށް ރިޕޯޓު ކުރި އެވެ. އެ ކޯލްތަކުގައި ކުއްޖާ ބަލާ ފޮނުވައިފިކަމަށް ބެލެނިވެރިންނަށް އެނގި ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަން ރިޕޯޓުން ދައްކަ އެވެ.

އެމްބިއުލާންސް އައުން ލަސްވެގެން އާއިލާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ފޮނުވީ އެރޭގެ 11:27 ގައެވެ. އެމްބިއުލާންސްއެއް ބޭނުންވާކަން އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓާއަށް އެންގީ އޭގެ ފަހުންނެވެ.

އެމްބިއުލާންސް އެ ގެއަށް ދިޔައީ 23:38 ގައެވެ. އަދި އެވަގުތު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. އަދި އައިޖީއެމްއެޗްގެ އީއާރަށް ގެންދެވުނީ 23:45 ގައެވެ.

ހާދިސާއާއި ގުޅިގެން ފާހަގަ ކުރެވުނު ކަންތަކުގެ ގޮތުގައި ރިޕޯޓުގައި ބުނެފައިވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނިމުގައި މިއީ އިމަޖެންސީ ހާލަތެއްގައި ބަލާފައި ނެތް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އަމަލު ކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނެތުމާއި އެކު، އެމްބިއުލަންސް ޓްރިގާރ ކުރަންޖެހޭ ވަގުތު އެކަންކޮށްފައި ނުވާ ކަމަށެވެ.

އެމްބިއުލާންސް އެކްޓިވޭޓު ކުރަންޖެހޭ ހާލަތެއްގައި ވެސް، 2 ގަޑިއިރާއި 26 މިނެޓު ވެހިކަލް ނުފޮނުވައި ހޭދަކުރިކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިއީ އިމަޖެންސީ ހާލަތެއް ނަމަވެސް ޑީއެމްއާރުޓީ އާއި ސީމެޓަށް އެ މައުލޫމާތު ހިއްސާ ކުރެވި އަމަލު ކުރަންޖެހޭ އުސޫލާއި އެއްގޮތަށް އެމްބިއުލާންސް ފޮނުވަން އަންގާފައިނުވާކަން ތަހުގީގަށް ފާހަގަ ކުރެވުނުކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އިހުމާލުގެ އެތައް ނުކުތާތަކެއް ހިމެނޭ އެ ރިިޕޯޓުގައި ވާ ގޮތުން، އުސޫލުގެ ކޮވިޑަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުދިންގެ ހާލަތު ބަލައި އަޕްޑޭޓެއް ނަގަން ޖެހެއެވެ. އެހެން ނަމަވެސް މިޝްކާ ނިޔާވި ދުވަހާއި އޭގެ ކުރީ ދުވަހު އޭނާގެ ހާލަތު ބެލުމަށް ގުޅާފައި ނުވާކަން ރިޕޯޓުން އެނގެއެވެ.

ކުއްޖާގެ ބަލި ހާލަތު ހުރި ގޮތުންނާއި، ކޭސްގެ ސީރިއަސް މިނަށް ބަލައި ވަގުތުން އެމްބިއުލާންސް އެކްޓިވޭޓު ކުރަން ޖެހޭނެކަމަށް ރިޕޯޓުގައި ފާހަގަ ކުރިއެވެ. އެހެން ނަމަވެސް މި ކޭސްއަށް އެޓެންޑު ކުރުމުގައި އޮންނަ އުސޫލުގެ ތެރެއިން މަސައްކަތްތައް ނުކުރާކަން ހާމަވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 20%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: