ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިފުޅުގެ ހާލަތު ގޯސްވާތީ އާދޭސް ކުރި، އެމްބިއުލާންސް ފޮނުވައިފިކަމަށް ބުނެ ހެދީ ދޮގު!

މިޝްކާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިޝްކާ މުހައްމަދުގެ ހާލު ސީރިއަސްވެ، ކުއްޖާގެ ނޭފަތުން ލޭއަންނަކަން ރިޕޯޓު ކުރުމުން އެމްބިއުލާންސް ފޮނުވާފައިވާކަމަށް ބުނެ އާއިލާއަށް ދިނީ ދޮގު މައުލޫމާތުކަމަށް މައްސަލާގައި ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި ބުނެފި އެވެ.

ކޮވިޑް ބަލީގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ މިޝްކާގެ ހާލު ދެރަވެ، ބެލެނިވެރިން އެތައް ފަހަރަކު އެމްބިއުލާންސްއަށް ގުޅަން ޖެހުނެވެ. އަދި ކުއްޖާގެ ހާލަތު ގޯސްވެ، ހޭނެތުނުކަމުގެ ރިޕޯޓު ކުރުމުން ވެސް އެޓެންޑުކޮށްފައި ނުވާތީ އާއިލާއިން އެންމެ ފަހުން ޖެހުނީ ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހިންގާ ދަރުބާރުގެއަށް މީހަކު ފޮނުވާށެވެ. އަދި އެ ސެންޓަރުން އެމްބިއުލާންސް ފޮނުވީ އޭނާ ގޮސް އެކަމުގެ ރިޕޯޓު ކުރުމުންނެވެ. ތިން ގަޑިއިރާއި ގާތް ވެފައިވަނިކޮށް، އެމްބިއުލާންސް ފޮނުވިއިރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. އަދި ނިޔާވީ އައިޖީއެމްއެޗްގެ އީއާރަށެވެ.

މިޝްކާ ނިޔާވުމުގައި އިދާރާތްތަކުގެ އިހުމާލު ހިމެނޭކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަމާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޭސް ރިވިއުއަށް ފަހު ފާހަގަ ކުރެވޭ ކަންތަކަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިޕޯޓު އާއްމު ކުރާނެކަމަށް ބުނިތާ އެއް ދުވަސް ފަހުން، އާއްމު ކުރި އެ ރިޕޯޓުން ކަންބޮޑުވާންޖެހޭ ގިނަ ކަންތަކެއް ފާހަގަ ކުރެވުނެވެ. އޭގެ ތެރޭގައި އާއިލާއިން އެތައް ފަހަރަކު ގުޅުމުން ވެސް، އެމްބިއުލާންސް ފޮނުވާފައިވާކަމަށް ބުނީ، އެމްބިއުލާންސް އެކްޓިވޭޓު ނުކޮށްކަން ވަނީ ހާމަ ވެފައެވެ. އަދި ޑޮކްޓަރަކު ގުޅުމުން ބެލެނިވެރިއާ ވަނީ މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި، ވާ އުނދަގޫތައް ކިޔައިދިނުމަކީ އޭނާއަށް ފަސޭހަކެއް ނޫންކަމަށް ބުނެފަ އެވެ. އޭގެ ފަހުން އެމްބިއުލާންސް ނައިސްގެން އަނެއްކާވެސް ގުޅުމުން، ވެހިކަލް ފޮނުވާފައިވާކަމަށް ބުނެ ދީފައިވަނީ ދޮގު މައުލޫމާތެއްކަމަށް ވެއެވެ.

ހާދިސާއާއި ގުޅިގެން ފާހަގަ ކުރެވުނު ކަންތަކުގެ ގޮތުގައި ރިޕޯޓުގައި ބުނެފައިވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަޖެންސީ ހާލަތެއްގައި ބަލާފައި ނެތް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އަމަލު ކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނެތުމާއި އެކު، އެމްބިއުލަންސް ޓްރިގާރ ކުރަންޖެހޭ ވަގުތު އެކަންކޮށްފައި ނުވާ ކަމަށެވެ.

އެމްބިއުލާންސް އެކްޓިވޭޓު ކުރަންޖެހޭ ހާލަތެއްގައި ވެސް، 2 ގަޑިއިރާއި 26 މިނެޓު ވެހިކަލް ނުފޮނުވައި ހޭދަކުރިކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިއީ އިމަޖެންސީ ހާލަތެއް ނަމަވެސް ޑީއެމްއާރުޓީ އާއި ސީމެޓަށް އެ މައުލޫމާތު ހިއްސާ ކުރެވި އަމަލު ކުރަންޖެހޭ އުސޫލާއި އެއްގޮތަށް އެމްބިއުލާންސް ފޮނުވަން އަންގާފައިނުވާކަން ތަހުގީގަށް ފާހަގަ ކުރެވުނުކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: