ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލު ތަފާތުވުންތަކަށް ވަކި ކޮޅެއް ނަގައި، ޗެއާޕާސަން ބަސް ބުނާކަށް ނުޖެހޭ: މޫކޭ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، މޫސާ އަލި މަނިކު (މޫކޭ) / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީގެ ތެރޭގައި އުފެދޭ ކޮންމެ ހިޔާލުތަފާތުވުމެއް ހައްލު ކުރުމަށް މަސައްކަތް ކުރަންޖެހޭ ބޭފުޅަކީ ޗެއާޕާސަނަށް ވާއިރު އެފަދަ ހިޔާލުތަކުގެ ތެރެއިން ވަކިކޮޅެއް ނަންގަވައި ޗެއާޕާސަން ވާހަކަ ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެއްނޫންކަމަށް ރޯޑް ޑެވެލޮޕްމެންޓު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދި، ޕާޓީގެ ކޯޅުންތައް ވަނީ ބޮޑުވެފައެވެ. ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ތަހުގީގު ކުރިޔަށް ދާ ގޮތާއި މެދު ބައެއް ބޭފުޅުން ހިތްހަމައެއް ނުޖެހެއެވެ.

އެހެންވެ، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ތެރޭގައި ދެބައިވުން އުފެދިފައިވަނީ ސަރުކާރު ހިންގުމުގައި މަޝްވަރާތައް ނުކުރާތީ ކަމަށެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ޕާޓީގެ ތެރޭގައި ދެބަސްވުމެއް އުފެދި، ހިޔާލުތަފާތުވުމެއް އުފެދިއްޖެނަމަ އެއީ ވަކި ކޮޅެއް ނަންނަގަވައި އެކަމަށް ވާހަކަދައްކަވަން ޖެހޭ ބޭފުޅެއް ނޫން ކަމަށެވެ. އަސާސީ ގަވައިދުގައި ޗެއާޕާސަންއެއްގެ މަސައްކަތްތަކާއި، އެ ބޭފުޅެއްގެ މަސްއޫލިއްޔަތަކީ ކޮބައިކަން ބުނެފައިވާއިރު އޭގެ ދަށުން ޕާޓީގެ ތެރޭގައި ހިނގާ އެއްވެސް އިންޓާނަލްކަމެއްގެ ތެރެއަށް ޗެއާޕާސަން ބަސް ބުނެގެން ނުވާނެކަމަށް މޫސަ ވިދާޅުވިއެވެ.

ދެ ބަސްވުންތަކެއްގެ ތެރެއަށް ވަދެ، ޗެއާ ވާހަކަ ދެއްކުން އެއީ އަނދަމުންދާ އަލިފާނެއްގެ ތެރެއަށް ދަރު އެޅުންގެ ގޮތުގައި މޫސަ ސިފަ ކުރެއްވި އެވެ. އެހެން ނަމަވެސް ހިޔާލުތަފާތުވުންތަކުގެ ތެރެއިން ހަސަން ލަތީފް އެގޮތަށް ވާހަކަ ދެއްކުން އެއީ ބޭރުކޮށްލި “ޖަޒުބާތެއްގެ” ގޮތުގައި މޫސަ ވަނީ ވިދާޅުވެފަ އެވެ.

މޫސަ ވިދާޅުވީ ޕާޓީ އެއްބައިވަންތަ ކުރުމަކީ އެއީ ޗެއާޕާސަންއެއްގެ އެންމެ ބޮޑު ޒިންމާކަމަށެވެ. އެހެން ނަމަވެސް މިގޮތަށް އުފެދޭ ދެބަސްވުންތަކެއްގައި އާއްމުކޮށް ވަކި ކޮޅެއް ނުނަންގަވާ ބޭފުޅަކު އެގޮތަށް ވާހަކަ ދެއްކުން އެއީ އުފެދިފައިވާ މައްސަލައިގެ ބާވަތުން ދިމާވިކަމެއްގެ ގޮތުގައި ދެކޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

 “އަޅުގަނޑުމެން ޗެއާއެއް މި ބައިންދަނީ ހިޔާލުތަފާތުވެގެން ކުރިމަތީގައި މިހެން ތިބެ ތަޅާފޮޅާއިރުގައި ހުރިހާ ވިސްނުމެއް އެއްގޮތްކޮށް އެ އެއްބޮނޑި ކުރަން ހުންނަ މީހެއް… އެހެންވީމަ އެތާ އިނދެ ވަކިކޮޅެއް ނެގުން، ވަކި އަތެއް ނެގުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން…” މޫސަ

މީގެ އިތުރުން މޫސަ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޑިމޮކްރަސީގެ ރީތި ސިފަތައް ދަމަހައްޓާ ޕާޓީއެއް ކަމަށެވެ. އޭގެ ތެރެއިން ޕާޓީގެ ކޮންމެ މެމްބަރަކީ ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ މީހެއްކަމަށެވެ. އިސް މަގާމެއްގައި ހުންނަ މީހަކަށް ހިޔާލުފާޅު ކުރެވޭނެތޯ ނުވަތަ ނޫންތޯ ގައުމީ މަޖިލީހުގެ ތެރޭގައި މަޝްވަރާ ކުރުން ރަނގަޅުކަމަށާއި، އެހެން ނަމަވެސް ޗެއާޕާސަނަކަށް އެގޮތަށް އަމަލު ކުރެވިގެން ނުވާނެކަމަށް މޫސަ ވިދާޅުވި އެވެ.

“ޕާޓީގެ ޗެއާ ހާއްސަގޮތެއްގައި ބައްލަވަންޖެހޭނީ ޕާޓީގެ މެމްބަރުންގެ ތެރޭގައި މި ޖެހޭ މައްސަލަތަށް ވީހާވެސް ބޮޑަށް ހައްލުކޮށް ސުލްހަމަސްލަސްކަން ގާއިމްކޮށް އަޅުގަނޑުމެންގެ އެއްބައިވަންތަކަން ދެމެހެއްޓުން.. އެއީ އެންމެ ބޮޑު އެޖެންޑާގެ ގޮތުގައި އަޅުގަނޑު ގާބޫލު ކުރަނީ.. އެކަމަކު އެކަން ކުރެއްވިތަނެއް ނުފެނުނު މިފަހަރަކު” މޫސަ

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގުތައް ކުރިޔަށްދާއިރު، މައްސަލައިގެ ތެރެއަށް ސަރުކާރުގެ ތެރެއިން ބައެއް ނުފޫޒުތަކެއް ވަންނަމުންދާކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. ހާއްސަކޮށް މަޖިލީހުގެ 241 ކޮމިޓީން ކުރިޔަށް ގެންދާ ޕާލިމަންޓް އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ސިޓީ ފޮނުވުމުން އޭނާގެ މައްސަލަ ސުލޫކު ކޮމިޓީން ބޭރުކޮށްލާފައިވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމުގެ މަތީންކަމަށް ޕާޓީގެ ލީޑާޝީޕުން ވެސް ތުހުމަތު ކުރެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ވާހަކަ ދެއްކެވުނު ގޮތުން އެގޮތަށް އަމަލު ކުރުމަށް ރައީސް އެންގެވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. އަދި ބިގޭ ސުލޫކު ކޮމިޓީގައި ހިމެނޭ މެމްބަރުންނަށް ގުޅައި މައްސަލަ ބޭރުކުރަން އެދުނީކަމަށް ބުނެފައި ވެއެވެ.

އެ މައްސަލައިގައި ހިޔާލުތަފާތުވެ ޕާޓީ އެކި ބޭފުޅުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: