ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަގެ ހިދުމަތް!

އުރީދޫ މޯލްޑިވްސްގެ އެންމެހާ ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތް
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވަގެ ހިދުމަތް ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ތައާރަފް ކުރެވިފައި މިވަނީ ކޮވިޑު-19 ގެ ހާލަތާއި ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރު ވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށް ވެސް އިތުރު ލުއިގޮތްތައް ހޯދާ ފިނުމުގެ ގޮތުން ކަމަށް ކުންފުނިން ބުނެ އެވެ.

އުރީދޫއިން ގެނައި މި ބަދަލާއި އެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ހިދުމަތްލި ބިގެންދާނެ އެވެ. ޑޭޓާ ރޯލް އޯވާގެ ޚިދުމަތާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަ ވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.

ޑޭޓާ ރޯލްއޯވަގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސް އާއި އެކު އައު ދެ ޕްލޭންވެސް އުރީދޫއިން ތައާރަފްކޮށްފައި ވެއެވެ. މި ޕްލޭންތައް ނަންގަވާ ފަރާތްތަކަށް ހާއްސަ އޮފައެއްގެ ދަށުން %20 އިތުރު ބޯނަސް ޑޭޓާވެސް ލިބިގެންދާނެ އެވެ.

އައު ޕްލޭންތައް
އަގު (ރުފިޔާ)
ކޮންމެ މަހަކަށް ލިބޭ އެލަވަންސް
20% ބޯނަސް ޑޭޓާ
މުޅިއަކު ލިބޭ ޑޭޓާ
ފަސޭހަ އެޗްބީބީ 60 ޖީބީ

799

60 12

72

ފަސޭހަ އެޗްބީބީ 500ޖީބީ 3549 500 100

600

“އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ. ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފަ. ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ޚިދުމަތްތަކަށް މިވަނީ ބަރޯސާވާންޖެހިފަ. އެހެން ކަމުން އަޅުގަނޑުމެންގެ މަގްސަދަކީ މި ބަދަލާއެކު އިންޓަނެޓްގެ ޚިދުމަތް އެންމެހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް 

އުރީދޫ މޯލްޑިވްސްއިންވަނީ ދާދި ފަހުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލްއޯވަރ ގެ ޚިދުމަތް ތައާރަފްކޮށް މާކެޓުގައި ލީޑް ކުރާ މި ޕްރޮޑަކްޓްތަކަށް އިތުރު ފުރިހިމަކަމެއްގެނެސްފައެވެ. އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/faseyha އަށް ޒިޔާރަތްކުރައްވާށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: