ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްޣާނިސްތާނުން ހައްޔަރުކުރި ޝާފިއުއަށް ދިވެހި ފުލުހުން އަނިޔާކުރި ވާހަކަ ދޮގުކޮށްފި

އަފްޣާނިސްތާނުން ހައްޔަރުކުރި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން--
ޝެއާރކޮށްލާ ކަހަލަދޯ؟

އަފްގާނިސްތާނުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ އަލީ ޝާފިއު އާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.

ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޢަލީ ޝާފިޢު އޭނާގެ އަނބިމީހާއާއި ހަތަރު ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްއިން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް 2018 ނޮވެންބަރު 18 ވަނަ ދުވަހު ފުލުހުންނަށް ލިބުނު ކަމަށެވެ.

މި މަޢުލޫމާތު ލިބުމާއެކު އަފްޣާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުންގެ ޓީމެއް 2019 ފެބުރުއަރީ މަހު ތެރޭގައި އަފްޣާނިސްތާނަށް ގޮސްފައިވާ ކަމަށާއި މި ކަންކަމާ ގުޅޭ ތަފްޞީލުތައް 2019 ޑިސެމްބަރު 03 ވަނަ ދުވަހު ފުލުހުން އާއްމުކޮށްފައި ވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޢަލީ ޝާފިޢުއާއި އޭނާގެ އަނބިމީހާގެ މައްޗަށް އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަފްޣާނިސްތާނުގެ ކޯޓަކުން ވަނީ ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެ މައްސަލައިގައި އޭނާގެ އަނބިމީހާއަށްވެސް ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

މި މައްސަލައިގައި ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

“މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދެން.” ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާމެދު، މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި، މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކަށް ހިތްވަރުދޭ ފާރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެމީހުންނާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.

ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދު ކޮށް، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެއް ކަމަށެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ކުރީގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ސީރިޔާއަށް ދާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ހިފަހައްޓާފައި ކަމަށެވެ.

އެ އަހަރު ބ. ހިބަޅިދޫގެ ފަޅު ތެރެއިން ފެނުނު ހަތިޔާރާ ގުޅުން ހުރި ތަކެތި ފެނިގެން، ޝަފީއު ހައްޔަރުކުރި، ނަމަވެސް، ހެކި ނެތުމުގެ ސަބަބުން އޭނާ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ ދޫކޮށްލާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: