ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްރަތުގެ ބިލާއި ދެކޮޅަށް 101 އިލްމުވެރިޔަކު ތެދުވެއްޖެ

ދީނީ އިލްމުވެރިން ހަރުކަށި ވިސްނުމާއި ދެކޮޅުވުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ޤާނޫނުލްއުޤޫބާތަށް ގެނެސްފައިވާ އިސްލާހުގެ ބިލާއި ދެކޮޅަށް ރާއްޖޭގެ 101 އިލްމުވެރިއަކު ތެދުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ފޮނުއްވައިފިއެވެ.

އިލްމުވެރިންގެ ޕެޓިޝަންގައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކަކީ ގޯސް ކަންތައްތައް ކަން ބަޔާންކޮށް އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާންމުން ހޭލުންތެރި ކުރަން ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް އެކީއެކަށް ހުރަސް އެޅި ބަންދު ވެގެން ދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ސެކިއުލާ ހަރަކާތްތައް ރާއްޖޭގައި ވަރުގަދަ ކުރުމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅިގެން އެކި ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ މައްސަލަތައް ކުރިއަށް ނުގޮސް އޮތްކަން ފާހަގަކޮށް އެގޮތަށް އެކަން ހިނގާ ވަގުތެއްގައި ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާމެދު އިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ އާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ތެދުވާ މީހުންގެ މައްޗަށް ދައުވާ އުފުލޭ ގޮތަށް އޮތުމަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގައުމިއްޔަތާ ހިލާފު ކަމެއް ކަމަށް ބުނެފައި ވެއެވެ.

މި އިސްލާހާއި މެދު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޮނ ކޮންމެވެސް އެއްޗެކޭ ކިޔާގެން މީހަކާ ދިމާލަށް އެތިވަރު ނުގޮވާ ހެޔޮބަހެއް ބުނަން ނުދަންނަމީހަކީ އިލްމުވެރިއެއްނޫން. ތިބުނާ މީހުން ކައިރީ ބުނޭ މަޑުންތިބޭށޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: