ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެން ކުދިން ހިތާނުކުރުމާއި މެދު ސަރުކާރުގެ ހިޔާލު ހޯދާކަށް ޏުޖެހޭ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ކުރަން އޮތް މަސައްކަތަކީ އަންހެން ކުދިން ހިތާނުކުރުމާއިމެދު ސަރުކާރުގެ ހިޔާލު ހޯދުން ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ނުރުހުން ފާޅުކުރައްވައިފިއެވެ.

ފީމޭލް ޖެނިޓަލް މިޔުޓިލޭޝަން (އެފްޖީއެމް) ނުވަތަ އަންހެން ކުދިން ހިތާނުކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. އިޔާޒް ލަތީފު ކުރެއްވި ޓުވީޓަކާއި ގުޅުންހުރި މައްސަލައެއް ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއިން ވަނީ ދިރާސާކޮށްފަ އެވެ. އަދި ކޮމެޓީއިން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ކޮމެޓީގެ މެމްބަރަކު ވަނީ މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ހިޔާލު ހޯދުމަށް ހުށައަޅާ ފައެވެ. އަދި އެ ހުށައެޅުން ކޮމެޓީއިން ބަލައިގަތެވެ.

މިއަދު ޖަލްސާ ފައްޓަވައި ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އެކަން އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ނިންމެވުން މުރާޖައާ ކުރުމަށް ހުށައަޅާ ކަމަށެވެ. މިވަގުތު ކުރަން އޮތް މަސައްކަތަކީ އެކަމަށް ހިޔާލު ހޯދުން ނޫންކަމަށާއި މިވަގުތު ކުރަން އޮތް މަސައްކަތަކީ އެކަން ހުއްޓުވައި މަނާކުރުންކަމަށް އީވާ ވިދާޅުވިއެވެ.

“މިވަގުތު ކުރަން އޮތް ކަމަކީ ރާއްޖޭގައި އެކަން ހިނގުން ހުއްޓުވުމާއި އެކަން މަނާކޮށް އެކަމަށް ފިޔަވަޅު އެޅުމުގައި މަސައްކަތް ދަނީ ކިހާ މިންވަރަކަށްތޯ އަދި އިތުރަށް ކުރަން އޮތީ ކޮންކޮން ކަމެއްތޯ ބަލައި ދެން ރާއްޖޭގައި އެކަން ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އަޅުގަނޑުމެން ހިތްވަރު ދޭންޖެހޭނީ” އީވާ

އީވާ ވިދާޅުވީ، ކޮމެޓީއަކުން ނިންމާ ނިންމުމެއް ހުއްޓުވުމުގެ ބާރު އޭނާއަށް ވަކި ލިބިފައިނުވާ ކަމަށެވެ. އެކަމަކު، ކޮމެޓީއަކުން ނިންމާ ނިންމުމެއް މުރާޖައާކުރުމަށް ދެންނެވޭނެކަމަށާއި ކޮމެޓީގެ މުގައްރިރާއި ވެސް މަޝްވަރާކުރުމަށްފަހު އެ ނިންމުން މުރާޖައާކުރުމަށް ދަންނަވާފައިވާކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން މި ކަމާއިދެކޮޅަށް ކުރަމުންދާ މަސައްކްތަކަށް އަލިއަޅުވާލައި އީވާ ވިދާޅުވީ ހުސްވި އާންމުކުރި ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައިވެސް ފީމެލް ޖެނިޓަލް މިޔުޓިލޭޝަން ނުވަތަ އަންހެންކުދިން ހިތާނުކުރުން ހުއްޓުވުމަށް ކުރެވެން ހުރި ކަންކަން ކުރާނެކަމަށް ރާއްޖޭގެ އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން އެމަސައްކަތް ކުރިއަށްދާ ގޮތް ބެލުމަކީ މަޖިލީހުގެ ޒިންމާއެއްކަމަށް އީވާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި އެއީ ކޮންކަހަލަ ކަމެއްތޯ ބަލައި އެކަމަށް ހިޔާލު ހޯދުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެކަމަނާއަށް ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

އަންހެން ކުދިން ހިތާނުކުރުމާއި ގުޅޭގޮތުން ޑރ އިޔާޒް ޓުވީޓުކުރައްވައި ވިދާޅުވީ، އެކަމަކީ ދީނުގައި ނެތްކަމެއް ނޫންކަމަށެވެ. އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި ނެތްކަމެއްކަމަށް ބުނުމަކީ ދޮގެއް ކަމަށާއި އެހެންނަމަވެސް އެއީ ވާޖިބެއް ނޫންކަމަށް ޑރ އިޔާޒް ވިދާޅުވިއެވެ.

އަންހެންކުދިން ހިތާނުކުރުމާއި ފީމޭލް ޖެނިޓަލް މިޔުޓިލޭޝަންއާއި ތަފާތުކަމަށް ޑރ އިޔާޒް ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން ގިނަބައެއްގެ ނުރުހުން ޑރ އިޔާޒަށް އަމާޒުވުމާއެކު، ޑރ އިޔާޒް ވަނީ އެކަމަށް މައާފަށް އެދި ދުވަހަކުވެސް އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަކީ ބައެއް މަޒްހަބުތަކުގައި ސުންނަތެއް ކަމަށާއި އިލްމީގޮތުން މި މައްސަލަ ދިރާސާކޮށް ވަކި ފަރުދަކަށް މިކަމަކީ ހަރާމްކަމެއްކަން އިޖްތިހާދު ކުރެވިއްޖެ ހިނދެއްގައި އެރައުޔު އެގޮތަށް ހާމަކުރެވިދާނެކަމަށް ޑރ އިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: