ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޝާމްގެ ފާޑުކިޔުން މަވޯޓާ ޝަރީފަށް: މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓާލާ!

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓާލުމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އަށް ގޮވާލައިފިއެވެ.

ޝަރިފް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދެމުން ގެންދާ ނުރައްކާތެރި އިންޒާރުތައް، މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކުއްވެރިކުރާ ކަމަށާއި އެކަން ފުލުހުން ބަލަމުން އަންނަކަމަށެވެ.

ޝަރީފްގެ ޓްވީޓަށް ރައްދު ދެއްވާ އުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އިންޑިއާ ހައިކޮމިޝަނާއި ދެކޮޅަށް އެއްވެސް މީހަކު ނުރައްކާތެރި އިންޒާރު ނުދޭކަމަށެވެ. އަދި ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވުމަކީ ހަމަނުޖެހުން ހިންގުމަށް ގޮވާލުން ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.

އަދި އިންޑީއާ އައުޓް ކެމްޕޭނާ ޝަރީފް އެއްބަސްނުވުމަކީ، މަގާމުގެ ބޭނުންކޮށްގެން ވާހަކަތައް އޮޅުވާލަންޖެހޭ ކަމެއް ނޫންކަމަށްވެސް އުޝާމް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ހަބަރު ފަތުރާ ކަމަށް ބުނެ ހައި ކޮމިޝަނުން ސަރުކާރަށް ވަނީ މިދިޔަ ހަފްތާ ތެރޭގައި މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އިންޑިއާ އަށް އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: