ދިރާގުން ”ސަޅި ޕްރީޕެއިޑް“ ގެ ނަމުގައި މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއް ތަޢާރަފް ކޮށްފި އެވެ.
ދިރާގުން ބުނިގޮތުގައި މި ހާއްސަ ޕްރީޕެއިޑް ޕްލޭންތައް އެއް ފަހަރު އެކްޓިވޭޓްކުރުމާއިއެކު އެއް ހަފުތާއިން ފެށިގެން އެއް މަސްދުވަހަށް ކޮންމެ ދުވަހަކު އެއް ޖީބީ ޑޭޓާ އާވެގެން ދާނެއެވެ. އަދި 145 ރުފިޔާއިން ފެށިގެން ސަޅި ޕްރީޕެއިޑްގެ ޕްލޭންތައް ފެށޭ އިރު، ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސްގެ އިތުރުން ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާއި އަންލިމިޓެޑް ކޯލްސް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ އެންމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެއްކަން ފާހަގަކޮށް ދިރާގުން ބުނީ ސަޅި ޕްރީޕެއިޑްއާއިއެކު ކަސްޓަމަރުންނަށް ހާއްސަ އޮފާ އެއްވެސް ތައާރަފުކޮށްފައިވާނެކަމަށެވެ. އެގޮތުން ސަޅި ވިކްލީ އަދި ސަޅި ދެ ވީކްސް ޕްލޭނުން ކަސްޓަމަރުންނަށް އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އެއް ޖީބީގެ ބަދަލުގައި 2 ޖީބީ ޑޭޓާ ކޮންމެ ދުވަހަކު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުގެ ސަޅި ޕްރީޕެއިޑް ތައާރަފުކުރުމާ ގުޅިގެން ކުންފުނީގެ މެނޭޖަރު ކޮންސިއުމާ ޕްރީޕެއިޑް އައިޝަތް އިޝާނާ ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން ޑޭޓާ ބޭނުންކުރާ މިންވަރު ބަލައި ކަސްޓަމަރުން ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރަށް ފުރިހަމަކުރުމާއެކު ފޯރުކޮށްދިނުން ކަމަށެވެ.
”އެގޮތުން ޑޭޓާ ބޭނުންކުރާވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ތައާރަފުކުރި ޕްލޭންތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އެލަވަންސް ލިބި، ޑޭޓާއިން ގިނަ ކަންތައްތައް އެންމެ އެކްޓިވޭޝަނަކުން ފަސޭހަކަމާއެކު ކޮށްލެވޭނެ.“ ހަމަ މިއާއެކު، ދިރާގު ސަޅި ޕްރީޕެއިޑް އަކީ މުޅި މަހަށް ބަހާލަންޏާ އެންމެ ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާ ޕްރީޕެއިޑް ޕްލޭންތައް“ އިޝާނާ
މި ޕްލޭންތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އަދި ދިރާގުގެ މަގްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާ ތަނަވަސްކަން ގެނެސްދީ، އިތުބާރާ ޔަގީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

