ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށް 11 ރަށެެއްގައި ފޯކަލް ޕޮއިންޓުން ކަނޑައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިްވސް ނޭޝަނަލް ޕާޓީން، އެޕާޓީއަށް މެންބަރުން އިތުރުކުރުމަށް ބައެއް ރަށްރަށުގައި ފޯކަލް ޕޮއިންޓުން ކަނޑައަޅައިފިއެވެ.

އެމްއެންޕީގެ ލީޑާޝިޕްގައި މަސައްކަތް ކުރައްވާ ތިމަރަފުށީ ދާއިރަގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ، އޮގަސްޓު 5ން 12ށް ކޮޅުމަޑުލަށް ކުރި ދަތުރުގައި އެއަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ މަޢުލޫމާތު ހިއްސާކޮށް އެރަށްރަށުގައި އެމްއެންޕީގެ ފޯކަލް ޕޮއިންޓްސް ހަމަޖައްސާފައިވާކަމަށެވެ.

އެމްއެންޕީން ހާމަ ކޮށްފައިވާ ގޮތުގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ރާއްޖެތެރޭގެ އެކިރަށްތަކަށް ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރަށް އަވަހަށް ޕާޓީގެ ވަފުދެއް އައްޑުއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިވައެވެ. އަދި މިދަތުރުގައި އައްޑޫގެ ވަރަށް އިސްބޭފުޅުންކޮޅެއް އެމްއެންޕީއަށް ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: