ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލްޔާސަށް ޑިޕްލޮމެޓިކް ވިސާ ލިބުނު ގޮތާއި މެދު އިތުރު ސުވާލުތަކެއް!

ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިއާއިން ޑިޕްލޮމެޓިކް ވިސާ ހޯދުމަށް ޝެއިހް އިލްޔާސް ހުސެއިނަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަޒީފާ ދީފައިވާ ގޮތާއި މެދު ސުވާލު އުފެދޭ މޭރުމަކުން އޭނާ ވާހަކަ ދައްކަވައިފި އެވެ.

މެލޭޝިއާގައި ޝެއިހް އިލްޔާސް އަދާކުރަމުންދާ ވަޒީފާ އާއި ގުޅޭގޮތުން އަބަދުވެސް ވާހަކަތައް ދެކެވޭއިރު، އޭނާ ކްލަބްހައުސްއެއްގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އިތުރު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ދަރިފުޅު މެލޭޝިއާގައި ތައުލީމް ހާސިލް ކުރަމުން ގެންދާތީ، ވިސާއަށް އެދި ތަކުރާރުކޮށް ހުށަހެޅުމުން ވެސް އެކަން ކާމިޔާބު ނުވުމުން ސަރުކާރުގެ އެހީއަށް އެދުނުކަމަށް އިލްޔާސް ވިދާޅުވި އެވެ. އާއްމުންގެ ސުވާލުތަކަށް އިލްޔާސް ވިދާޅުވީ އޭނާއަކީ އެމްބަސީގައި ވަޒީފާ އަދާކުރަމުންދާ މީހެއް ނޫން ކަމަށެވެ. އަދި އޮތުގައި އޮންނަ ލިޔުމެއްގައި ވަޒީފާއެއް އަދާކުރާކަމަށް ޖަހާފައި އޮންނަނީ ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވިސާ ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

އިލްޔާސް ދެއްކެވި ވާހަކަތަކުން އާއްމުން ވަނީ ހިތްހަމަނުޖެހި، މިއީ ގާނޫނީ ކުށެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އޭގެ ރައްދެއްގެ ގޮތުގައި އިލްޔާސް ވިދާޅުވީ އެއީ ގާނޫނީ ގޮތުން ކުށެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. މިއީ ދައުލަތުން އޭނާއަށް ދޫކުރި ލިޔުމަކަށް ވުމުން، އެއީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރާކަމަށް އިލްޔާސް ވިދާޅުވި އެވެ.

އާއްމުންގެ ނުރުހުމަށް އިލްޔާސް ބުނީ، އެއީ ގާނޫނީ ކުށެއްކަން އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ކްލަބްހައުސްގައި އިލްޔާސް އެ މައްސަލައިގައި ދެ ގޮތަކަށް ވާހަކަ ދެއްކެވި އެވެ. އެއީ ޑިޕޮލޮމެޓިކް ޕާސްޕޯޓު ދޫކޮށްލަން އެދިފައިވާނެކަމަށް ބުނުމާއި އާއްމުންގެ ނުރުހުން އޮތް ނަމަ ޕާސްޕޯޓު ދޫކޮށްލަން އެދޭނެކަމަށް ވިދާޅުވުމުވެ.

މި މައްސަލައިގައި ފޮރިން މިނިސްޓްރީއަށް ގުޅާލުމުން ބުނީ އިލްޔާސަށް ދީފައިވަނީ ސިޔާސީ މަގާމެއް ކަމަށެވެ. އެހެން ކަމުން އެ މައުލޫމާތު ދޭނީ ރައީސް އޮފީހުންކަމަށް ބުންޏެވެ. އެހެންވެ ރައީސް އޮފީހަށް ގުޅާލުމުން ބުނީ، އިލްޔާސް ދެއްކެވި ވާހަކަތައް ސާފު ކުރުމަށްފަހު މައުލޫމާތު ދޭނެ ކަމަށެވެ.

އިލްޔާސް އަކީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލަރ ޓު ދަ އެމްބެސެޑާގެ މަގާމު ދީފައިވާ ބޭފުޅެކެވެ. މަގާމުގައި ހުންނެވި ނަމަވެސް އެއްވެސް މުސާރައެއް ނުނަންގަވާކަމަށް އިލްޔާސް ވިދާޅުވެ އެވެ. އަދި ސިފަ ކުރީ އެއީ ހަމައެކަނި ލިޔެކިޔުމުން އޮންނަ މަގާމެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އޭނާގެ އަތުގައި އޮންނަލޯ ޑިޕްލޮމެޓިކް ޕާސްޕޯޓެކެވެ.

މެލޭޝިއާގެ ގާނޫނުގެ ދަށުން އެ ގައުމުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ މައިންބަފައިންނަށް ވިސާ ދޫކުރަނީ އެ ކުދިންނަށް 18 އަހަރު ނުފުރޭނަމަ އެވެ. އަދި 18 ފުރިފައިވާ ދަރިވަރެއް ނަމަ، އެ މީހަކާއި އެކު މަޑުކުރަން ބެލެނިވެރިޔާ ޖެހޭނީ ވަޒީފާއެއް ހޯދާށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: