ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައްދޫ މަގު ހެދުމުގެ މަޝްރޫއުގެ 93 އިންސައްތަ މަސައްކަތް ނިމިއްޖެ

ގައްދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ގައްދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އާރްޑީސީ)ން ބުނެފިއެވެ.

މިކަމާއި ގުޅިގެން އާރްޑީސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގައްދޫ މަގު ހެދުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ކަމަށެވެ. އަދި މަގުގެ ސައިޑްވޯކް ކޮނެ، ޝަޓަރިންގެ 93 އިންސައްތަ މަސައްކަތް ވަނީ ނިމިފައިކަމަށް އެކުންފުނިން ހާމަކުރެއެވެ. އެމަސައްކަތުގެ ދަށުން ކީވޯލްގެ 35 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައި ވާކަމަށް އާރުޑީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން ގައްދޫގެ ލިންކްރޯޑް ހިމެނޭގޮތަށް 6 މަގެއް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހެދުމަށް ހަމަޖެހިފައިވާއިރު، އެރަށުގައި ހެދުމަށް ހަމަޖެހިފައިވަނީ 6 ކިލޯ މީޓަރުގެ މަގެކެވެ. އަދި ގަމީގެ ތެރޭގައި ހޮޅި އެޅުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ -/29،685،936ރ (ނަވާވީސް މިލިޔަން ހަސަތޭކަ އަށްޑިހަ ފަސް ހާސް ނުވަސަތޭކަ ތިރީސް ހަ ރުފިޔާ)ގެ މަޝްރޫއެކެވެ.

މިމަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 510 ދުވަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: