ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރްޑީސީގެ އަތުގައި މަސައްކަތަށް ބޭނުންވާ ވަސީލަތްތަކެއް ނުހުރޭ: އަފީފް

ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން އާއި އެކި އެކި މަޝްރޫޢުތައް ހަވާލުކުރެވެމުންދާއިރު އެ ކުންފުންނީގައި އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ނުހުންނަ ކަމަށް ފާހަގަކުރައްވާ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިނިސްޓަރު އަސްލަމް އާއި ސުވާލު ކުރައްވަމުން އަފީފް ވިދާޅުވީ، އާރްޑީސީ އުފައްދާފައިވަނީ މަގު ހެދުމުގެ މަސައްކަތްތައް ކުރުމަށްކަމަށެވެ. އެހެންނަމަވެސް އެ ކުންފުންޏާއި އެކި މަޝްރޫޢުތައް ހަވާލު ކުރެމުންދާއިރު، އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ގާބިލުކަން ކުންފުނީގައި ނެތްކަމަށް އަފީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ކުންފުނީގައި ނުހުންނަކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތްތައް ކުރުމަށް ބޭނުންވާނެ މެޝިނަރީޒް ސަރުކާރުން އެ ކުންފުންޏަށް ފޯރުކޮށްދީފައިނުވާކަމަށެވެ.

އާރްޑީސީއާއި މަސައްކަތްތައް ހަވާލު ކުރަނީ ސަބް ކޮންޓްރެކްޓަރަކާއި ހަވާލު ކުރުމުގެ ނިޔަތުގައިތޯ ސުވާލު އުފައްދަވައި އަފީފްވަނީ ސަބް ކޮންޓްރެކްޓު ކުރުމުގެ ބޭނުމާއި މެދު މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.

އަފީފްގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އަފީފް ފާހަގަކުރެއްވި ގޮތަށް އެ ކުންފުނި ވުޖޫދަށް ގެނެސްފައިވަނީ ދާދި ފަހުންކަމަށެވެ. އަސްލަމް ވިދާޅުވީ އެ ކުންފުނި އުފެއްދީ 2019 ވަނަ އަަހަރުގެ ތެރޭގައިކަމަށެވެ. އަދި ކުންފުނި ފެށި އިރު، ކެޕޭސިޓީގެ މައްސަލަތައް ހުރިކަމަށާއި ވަސީލަތްތައްވެސް ނެތްކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ.

“ފެށުނު އިރު ކެޕޭސިޓީގެ އިޝޫ އުޅުނު، އެކުއިޕްމެންޓުގެވެސް އެހެންނަމަވެސް މިހާރު ވަރަށް ގިނަ އެކުއިޕްމެންޓު އެ މީހުންގެ އަތުގައި އެބަހުރި، ދެން މުޅި ޕްރޮޖެކްޓު ސަބް ކޮންޓްރެކްޓުކޮށްފައި އަޅުގަނޑަށް ހިޔެއް ނުވޭ ތިމަރަފުށި ނޫނީއްޔާ އޮތް ހެނެއް” އަސްލަމް

އެހެންނަމަވެސް މިހާރު އެ ކުންފުނީގެ ކެޕެސިޓީ އިތުރުކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން އެ ކުންފުންޏަށް ބޭނުންވާ ގިނަ ވަސީލަތްތައް ހުރިކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭނާއަށް އެނގިވަޑައިގެން މުޅިން ސަބް ކޮންޓްރެކްޓު ކުރެވިފައިވަނީ ހަމަ އެކަނި ތިމަރަފުށީގެ މަސައްކަތެވެ. އަދި އެހެނިހެން މަސައްކަތްތައް ކުރަމުންދަނީ އާރްޑީސީއިންކަމަށާއި މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް ބޮޑެތި މަޝްރޫޢުތަކުގެ ގޮތުގައި ހިންގޭނެކަމަށް ލަފާކުރެއްވޭކަމަށާއި އެހެންކަމުން އެ މަސައްކަތްތައް ކުރުމަށް ހާއްސަ ކުންފުންޏެއް ހުންނަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: