ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިގްތިސާދު ފުނޑިގެންދާއިރު ކުޅިބަލަން ނުތިބެވޭނެ: މެމްބަރު އަފީފް

ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ދަރަނި ބޮޑުވެ ރާއްޖޭގެ އިގްތިސާދު ފުނޑިގެންދާއިރު ކުޅިބަލަން ނުތިބެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުފުށީި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ކުރިއަށްގެންދެވުނު މަރުހަލގައި މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު އަފީފް ވިދާޅުވީ ގައުުމުގެ އިގްތިސާދު ކޮޅަށް ޖެހުމައްޓަކާއި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ މަތީ ފަންތީގައި ތިއްބެވި ފަރާތްތަކާއި އޭރުގެ ފިނޭންސް މިނިސްޓަރުވެސް ހިމެނޭހެން ރިޒޯޓް ހަދާވާހަކަ އަޑުއިވުމަކީ ގަބޫލު ކުރެވޭވަރުގެ ވާހަކަތަކެއް ނޫން ކަމަށެވެ. މިއީ ގައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. މިހާރު އޮތް ބަޖެޓް މަޖިލީޙުން ފާސްވާނެ ކަމަށާއި، ނަމަވެސް މި ބަޖެޓް އޮތް ގޮތުން އަދިވެސް ދިރާސާ ކޮށް ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރުރި ކަމަށެވެ. މިއީ އިންތިހާއަށް ހަރަދު ކުޑަކުރަންޖެހޭ ބަޖެެޓެއް ކަމަށްވެސް ވިދާޅުވަމުން އަފީފް ފާހަގަ ކުރެއްވީ މިއީ އުއްމީދީ ބަޖެޓެއް ކަމަށް ވިދާޅުވިއަސް މިއީ ފޭރޭ ބަޖެޓެއް ކަމަށެވެ. އަދި ވައްކަމަށް ހުޅުވިފައިވާ ބަޖެޓެއް ކަމަށްވެސް ވިދާލުވިއެވެ.

ކުރީ ސަރުކާރުން ފާއިތުވި ދުވަސްތަކުގައި ބަޖެޓް ސިންދަފާތު ކުރާ ވާހަކަ ދައްކަމުންދިޔައިރު އެކަން އެމަގުން ކޮށްފައި ނުވާކަމަށެވެ.. ބަޖެޓް ހުޅުވިފައި އޮތީ ސީދާ އޮޅުވާލުމާއި މަކަރުވެރިކަމުގެ ތެރެއިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ވެސް ފުޅާ ކުރުމައްޓަކާއި، ކުރިން ކޮށްފައި ހުރި ކަންތައްތައް ފިޔަވާ އިތުރު ކަމެއް ފެނިފައި ނުވާކަމަށެވެ.

އަފީފް ވިދާޅުވީ މި ބަޖެޓުން ދޭހަވަނީ ކުޑައެއް ބޮޑު ރަށެއް ނުބަލާ ވައްކަން ކުރުން ކަމަށެވެ.

އަފީފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެންދެންވެސް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ތިމަންމާމެނަށް ބަޖެޓް މެނޭޖު ކުރެވޭނެ ކަމަށް ކަމަށެވެ. ނަމަވެސް މިއަދު ދަރަނި ރީ ފައިނޭސް ކުރާ ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތުގައި ވިސްނާފައި ކަންކޮށްފައިވާ ގޮތެއްނޫން ކަމަށެވެ. މިގޮތުން ރާއްޖެ މިހާރު މި އޮތީ އަވައްޓެރި ސްރީލަންކާ ބަގުރޫޓްވެ އުޅުނު ހާލަތާއި ދާދި އެއް ގާތުގައި އެ މިސްރާބަށް ކަމަށެވެ.

އަފީފް ފާހަގަ ކުރެއްވީ މީގެ ކުރިން ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު މަޖީލީހަށް ހާޒިރުވެ ވާހަކަ ދައްވަވަމުން ހަރަދު ބޮޑުވެގެން ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސްފައިވާތީ ކަމަށް ވިދާޅުވި ނަމަވެސްް ތެޔޮ ފޯރުކޮށްދޭ ފަރާތަަށް ތެލަށް ދައްކާ ފައިސާ ދައްކާފައިވާ ނުވާ ކަމަށެވެ، އެގޮތުން އެސްޓީއޯ އަށް ދައްކަން ޖެހޭ އަދަދު އަތް ނުފޯރާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ރާއްޖޭ ދަރަނިން ސަލާމަތް ކުރުމައްޓަކާއި ރާއްޖޭގައި ހިންގާ ޕްރައިވެޓް ސެކްޓާތައް ފުޅާ ކުރަން ޖެހޭ ކަމަށާއި، މިގޮތަށް ބައްޓަން ކުރެވިއްޖެ ނަމަ ދަރަނި އަރަނިއަަށް ވުމަކީ ގާތް ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: