ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ކުރީ މުޑުުދާރު ވެރިކަމެއް: އަފީފް

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް/ ފޮޓޯ: އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފަސް އަހަރުގައި ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ފޭބީ މުޑުދާރު ކަމާއި އެކުގައިކަމަށް ވިލިފުށި ދާއިރާގެން މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް ހަރުގޭގައި ބޭއްވި ޖަލްސާގައި އަފީފް ވިދާޅުވީ ނަމުގެ ފަހަތަށް ސޯލިހު އައި ނަމަވެސް ކަމުން މިދިޔަ ސަރުކާރުގައި ފެނުނީ އަނިޔާވެރިކަން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން 2018 ގަައި ކުރިޔަށް ގެންދިޔަ އިރު ރައީސް ސޯލިހަކި މަޑުމައިތިރި، ހިތްހެޔޮ ބޭފުޅެއްކަމަށް ގޮވުން ދިއުމުގެ ސަބަބުން އެތައް ބަޔަކަށް އެ ވާހަކަ ގަބޫލި ކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ އެ ދުވަހުގެ ވާހަކަތަކާއި ހިލާފަށް ނަމުން ސޯލިހު ފިޔަވައި އިތުރު އެއްވެސް ކަމެއް ފެންނަން ނެތްކަމަށެވެ.

އަފީފް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ބެލެވުނީ ރައީސް ސޯލިހު ވަރަށް އިޙްލާސްތެރި އަމާނާތްތެރި ބޭފުޅަކަށް ވާނެ ކަމަށެވެ.

“ރައީސް ސޯލިހު ވެރިކަމަށް ހޮވަން ކުރި ކެމްޕެއިނުގައި ކިޔަމުން ވިދާޅުވީ މީ ވަރަށް ސޯލހި ބޭފުޅަކޭ ފަސްބައިގައި ކިލަބުކަމެއްނެތޭ. ނަމަވެސް މިިހާރު ނަމުގެ ފަހަތަށް އޮތް ސޯލިހުކަން ފިޔަވާ އިތުރު އެއްވެސް ސޯލިހު ކަމެއްނެތް”

އަފީފް ވިދާޅުވީ ރާއްޖެ މިނިވަން ކުރެވޭނީ އެންމެން އެކައްޗެއް ކިޔައިގެން ކަމަށާއި، ރާއްޖޭގައި ކަން ހިނގަން ޖެހޭނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. ނިމިދިޔަ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓް ކަނޑައަޅާފައިވާ ކަމަށާއި، ނަމަވެސް އެ ބަޖެޓް ވެގެންދިޔައީ ފޭރޭ ބަޖެޓަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓް ފާސް ކުރުމަށް ވެސް ދުވަސްތަކެއް ހޭދަ ކުރިކަމަށް ވިދާޅުވަމުން އަފީފް ފާހަގަ ކުރެއްވީ ޖުލައި މަހުން ފެށިގެން މަޖިލީހުގައި އެމްޑީޕީ މެމްބަރު ކުރަމުން ދިޔައީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 63%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: