ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދިވެސް އެމްޑީޕީއަށްޓަކާއި ހެޔޮއެދެން ދެރަގޮތެއް ވާކަށް ނޭދެން: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ދެރަގޮތެއް ވާން އަދިވެސް ބޭނުން ނުވާކަމަށާއި، ބޭނުން ވަނީ އެ ޕާޓީއަށް ރަނގަޅު ގޮތްވުންކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި އިމްތިޔާޒު ވިދާޅުވީ، އެމްޑީޕީ ހިންގުމުގެ އުސޫލަށް އައި ބަދަލާއެކު އެޕާޓީން ކުރީގެ އުސޫލު ގެއްލި ޕާޓީން މިހާރު ކުރަމުންދަނީ ކުރަންހެޔޮވާ ވަރުގެ ކަންތައްތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީ ކޮޅަށް ޖެހުމައްޓަކައި ބޭނުންވަނީ ލީޑާޝިޕް އެއްކޮށް ބަދަލު ކުރުން ކަމަށްވެސް ވިދާޅުވިއެވެ. އިމްތިޔާޒް ވިދާޅުވި ގޮތުގައި ވައްކަމާއި ކޮރަޕްޝަނާ ބީރައްޓެހިކޮށް އޮތް އެމްޑީޕީގައި މިހާރު އެންމެ އާންމީ ފައިސާގެ މުއާމަލާތްތަކެވެ. މިވީ މަދު އަހަރެއްގެ ތެރޭ އެމްޑީޕީއަށް އައި ބަދަލުތަކާއި އެކު ޕާޓީވެފައި ވަނީ ވަގުންގެ ނެޓްވޯކަކަށްކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒު ވިދާޅުވީ ވެރިކަމުގެ ހުރިހާ ބާރަކާއި އާރެެއް ލިބުމުން އެމްޑީޕީގެ އެތެރޭގެ ލީޑާޝިޕްގެ އެޖެންޑާ އެއްކޮށް ބަދަލުވި ކަމަށެވެ. ފުރަތަމަ އިންތިހާބުގެ ދުވަސްވަރު އިދިކޮޅުގައި އެއްވެސް ކެންޑިޑޭޓަކު ވެސް ނެތް ކަމަށާއި ކަން ކުރަންވީ ގޮތާއި އުސޫލެއް ނޭނގި އެމްޑީޕީ ބޮޑުތަނުން ވީ ފެއިލްކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. ނަމަވެސް ބާރުތައް ނަހަމަ ގޮތުގައި ނެގިނަމަވެސް ބަލިވުމާއެކު ހަގީގަތުގައިވެސް ތިބީ މާޔޫސްވެފައި ކަމަށާއި، ބިމަށް ބޯ ހަރާލިގޮތަށް ބޯ ހިއްލާލަން ވެސް އެމްޑީޕީ ހަލާކު ކޮށްލި މީހުންނަށް ނޭނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އަސްލު ސިފައަކީ ވެއްޓުމާއި އެކު ތެދުވެ މަސައްކަތް ކުރުންކަމަށާއި، އެކަމަކު މިހާރު ފެންނަނީ ތަފާތު މަންޒަރެއްކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އެމްޑީޕީން ފެނިގެން ދިޔައީ ފިނޑިކަމާއި ލަސްކަންކަމަށް ވެސް އިމްތިޔާޒު ފާހަގަ ކުރެއްވިއެވެ. ވެރިކަމުގެ ތިބެ ބަލިވި ބަލިވުން އެއީ ފިނޑި ނަތީޖާއެއް ކަމަށާއި، ޑރ. މުހައްމަދު މުއިއްޒަށް އެއްބުރުން ކާމިޔާބު ކުރުމާއި ކާރިއަށްދިޔުން އެއީވެސް ކުރީގެ އެމްޑީޕީގެ އަމަލުތަކާއި ހިލާފަށް ކަންތައް ކުރުމުގެ ނަތީޖާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެނުނީ އެމްޑީޕީ ދަންނަ ނަތީޖާއެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީއަށް އައިސްފައިވާ ބަދަލުގެ ސަބަބުން އެމްޑީޕީ ހަރުދަނާ ކުރަން ވެއްޖެ ކަމަށް ވެސް އިމްތިޔާޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އިންތިހާބުން ބަލިވުމުން އެމްޑީޕީން ފެންނަނީ އެހެންމީހުންނަށް ކޯފާ އިސްކުރައވާތަން. މޮޔަވާވަރަށް ކޯފާ އިސްނުކުރައްވާ

އަދިވެސް އެމްޑީޕީއަށްޓަކާއި ހެޔޮއެދޭ ކަމަށާއި، އެމްޑީޕީއަށް ދެރަގޮތެއްވާން ނޭދޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށްވެސް އެމްޑީޕީގެ މެމްބަރުން ގަވާއިދުން ހާޒިރުނުވާކަމަށާއި، ގަނޑިޖެހުމުގެ އާދަ ޕާޓީގެ މެމްބަރުންގެ މެދުގައި ހަރުލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ އިންތިހާބުތަކަށް ނުފޫޒު ފޯރުވާތީ އެކަން ހައްލު ކުރެއްވުމަށްވެސް މަޖިލީހަށް ބިލެއް ހުށައެޅި ކަމަށާއި، އެގާރާރުގައި ހިމަނާފައިވަނީ އިންތިހާބާއި ގުޅިގެން އިންތިހާބު ކަވަރުކުރާ ދުނިޔޭގެ ގައުމުތަކުން ހުށައަޅާފައިވާ ކަންތައްތަކަމަށެވެ. ނަމަވެސް އެކަމަށްވެސް އެމްޑީޕީން ވަނީ ނޫނެކޭ ބުނެ އެކަމަށް އިންކާރު ކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

އިމްތިޔާޒުވަނީ ރައްޔިތުން ރަނގަޅު ޕާޓީއަކާއި އެކު ކުރިއަށް ދާން ބޭނުންކަމުގައިވާނަމަ އެމްޑީޕީގެ ތިއްބެވި އެންމެހާ މެމްބަރުން އެނބުރު ޑިމޮކްރެޓްސް އާއި ގުޅުމަށް ގޮވާލައްވާފައެވެ. އެގޮތުން އިންތިޔާޒު ވިދާޅުވީ ރައްޔިތުުންގެ ވިސްނުމާއި ފިކުރާއި އެއްގޮތަށް ކުރިއަށްދެވޭނީ ޑިމޮކްރޭޓްއާއި ގުޅިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: