ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުގެ ހަމައާއި އުސޫލުގެ ތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ: އާޒިމް

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި އަލީ އާޒިމް: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމާ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ބޭރު ކުރަން އުޅެނީ ރޮނޑުގެ ހަން އިދިކޮޅަށް ދަމާހެން ކަމަށް ޑިމޮކްރޭޑްސްގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން މާދަމާއަށް ތާވަލު ކުރިނަމަވެސް ޖަލްސާ ކުރިޔަށް ގެންދެވިދާނެކަމާއި މެދު ސުވާލު އުފެދެ އެވެ. ޖަލްސާގެ ރިޔާސަތުގައި ހުންނަވާނީ ނައިބު ރައީސް އީވާތޯ ނުވަތަ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްތޯ އަދި ކަށަވަރު ނުކުރެވޭއިރު އެމްޑީޕީން ބުނީ އެ ދުވަހުގެ ވޯޓު ކުރިޔަށް ނުގެންގޮސްފި ނަމަ އިންތިހާބީގެ ރައީސްގެ ހުވާކުރެއްވުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ކެބިނެޓަށް ވެސް ނޯ ޖަހާނެކަމަށް އިންޒާރު ދިނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓުގެ މަސައްކަތް ވެސް ގާތްވެފައި ވަނިކޮށް، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން ޖަލްސާތައް ބޮއިކޮޓު ކުރުމުން މަސައްކަތް އެއްކޮށް ހުއްޓި ޑެޑްލޮކަކަށް ދާނެ އެވެ.

މި މައްސަލައިގައި އެމްޑީޕީ ޖަޒުބާތުގައި ޖެހިފައިވާކަމަށް ދެކެވޭ ވާހަކަތައް ތަކުރާރު ކުރައްވައި ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާއެއްގައި އާޒިމް ވިދާޅުވީ، ރޮނޑުގެ ހަންވެސް ދެމޭނީ އެ ދަމާގޮތަށް ދަމައިގެން ކަމަށެވެ. އިދިކޮޅަށް އިދިކީއްޔަށް ހަން ދަމަން ހަދައިގެން ކާމިޔާބު ނުވާނެކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހުށައަޅާފައިވާ އިތުބާރުގެ މައްސަލަ މިހާރު ފެންނަނީ ކުޅޭކުޅޭ ކުޅިވަރަކަށް ހަދާފައިވާތަން ކަމަށެވެ. މިއީ ތަފާތު އެކި ގޮތަށް އަމަލު ކުރާ މައްސަލައަކަށްވުމަކީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެ އުސޫލުގެ ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެމްޑީޕީ މިސްރާބު އަނެއްކާވެސް ހުރީ ބޮޑުތަނުން ބަލުވުމާ ދިމާލަށްކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ތަހުޒީބީ މުޖުތަމުއުތަކުގައި މިފަދަގޮތަކަަށް އަމަލު ކުރާތަން ނުފެންނަ ކަމަށެވެ. އެމްޑީޕީން އަމަލު ކުރަމުން ދަނީ ރައީސުންނާއި ދޭތެރޭ ކަންކުރައްވާ ގޮތަށްނޫންކަމަށް ވިދާޅުވަމުން ފާހަގަކުރެއްވީ، ގާނޫނުއަސާސީއާއި ގަވާއިދުތަކަށް ބަލަން ވެއްޖެ ކަމަށެވެ. އާޒިމް ވިދާޅުވީ ގާނޫނުގެ ހަމަޔާއި އުސޫލުގެ ތެރެއިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: