ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާތައް މެދުކަނޑާލުމަށް އެދި އެމްޑީޕީއާއި ޕީއެންސީއިން ސިޓީ ފޮނުވި: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި ޕީޕީއެންސީއިން ކެމްޕެއިން ކުރުމަށްޓަކައި މަޖިލީސް މެދުކަނޑާލުމަށް ސިޓީއިން ހުށައަޅާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ އާޒިމް ވަނީ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގުރޫޕުތަކުގެ ލީޑަރުން ޖަލްސާތައް މެދުކަނޑާލުމަށް މަޝްވަރާކޮށްފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ.

އޭނާ ވިދާޅުވީ، ހަފްތާއަކު ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭކަމަށް ގަވައިދު ބުނާކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ނިންމުމެއް ނިންމާފައިވާކަން ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރެއްގެ ގޮތުގައި ހުންނެވި އިރު މައުލޫމާތު ލިބިވަޑައިގެންފައިނުވާކަމަށެވެ.

އެހެންނަމަވެސް ދެ އެމްޑީޕީ އަދި ޕީއެންސީގެ ޕީޖީ ގުރޫޕުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދެ ސިޓީއެއް ފެނުނުކަމަށާއި އެ ސިޓީތަކުގައި ވަނީ ކެމްޕެއިންގެ ތެރޭގައި މަސައްކަތްކުރަން ޖެހޭތީ މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލަން އެދިފައިކަމަށް ވެސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ކެމްޕެއިން ކުރަންވީކަމަށާއި ހޮވެން ބޭނުންވާ މެމްބަރެއް ނަމަ އެކަމަށް މަސައްކަތްވެސް ކުރައްވަންވާނެކަމަށެވެ. އެހެންނަމަވެސް އެކަން އޮންނަނީ މިހާރު ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާ ނުކޮށް ކުރިއަށް ގެންދާ ގޮތަށް ނޫންކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ދައުރު އޮތީ މޭ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ވުމުން މަޖިލީހުގެ މަސައްކަތްތައް އެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަންޖެހޭނެކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދިއުމާއި ގުޅިގެން ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއަދުގެ ޖަލްސާއަށް ހާޒިރުވީ އެންމެ 11 މެމްބަރުންނެވެ. އަދި ވަގުތު ފަސްކުރުމުންވެސް މެމްބަރުން ހަމަނުވުމުގެ ސަަބަބުން ރިޔާސަތުންވަނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: