ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުގައި މައްސަލަ އޮއްވާ މަޖިލީހުން ގޮތެއް ނުނިންމޭނެ: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމު ކޯޓުގައި މައްސަލަ އޮއްވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާނުކުރެވޭނެކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަނުގެ މައްސަލަ ކުރިއަށް ނުގެންދެވުމުގެ ސަބަބުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅިފައިވާއިރު، އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އެޖެންޑާކުރުމުގެ މަސައްކަތްތައް ނުކުރެވޭނެކަމަށް ފާހަގަކޮށް އާޒިމްވަނީ އަމީންޢާމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގެ ބައެއް ހިއްސާކުރައްވާފައެވެ.

އާޒިމް ވިދާޅުވީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް އަމަލުކުރާ އުސޫލަށް ބަދަލުގެނައުމަށް ކޯޓަށް މައްސަލައެއް ހުށައެޅިފައިވާކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެފައިވާކަމަށާއި އެހެންކަމުން އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި ގޮތެއް ނިންމުމަކީ މަޖިލީހުން އަމަލުކުރަމުން އަންނަ އުސޫލާއި ޑިމޮކްރެޓިކް ގައުމުތަކުގައި ކަންކުރާ ހަމަތަކަށް ބަލާއިރު ކުރާ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، އެމްޑީޕީއިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާއިރު، އެ މައްސަލައިގައި ބަހުސްކުރުމުން ޝަރީއަތަށް ނުފޫޒު ފޯރާނެކަމަށެވެ. އެހެންކަމުން ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް ދެކިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: