ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް އަންނަ ކޮރަޕްޓު މީހުން އަވަހަށް ދުރުކުރެވޭނެ ގޮތެއް ހޯދަންޖެހޭ: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމަށް އަންނަ ކޮރަޕްޓު މީހުންނާއި ވައްކަން ކުރާ މީހުންގެ އިތުރުން ނާޖާއިޒް ފައިދާތައް ނަގާ މީހުން ފަދަ މީހުން އަވަހަށް މަގާމުން ދުރުކުރެވޭނެ އެހެން ނިޒާމެއް ނުވަތަ ގޮތެއް ހޯދުމަކީ ރައްޔިތުންގެ މަޖިލީހުން ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެއް ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ މުހައްމަދު މުއިއްޒު ރުހުން ހޯއްދަވަން ފޮނުވާފައިވާ ވަޒީރުންނާއި ގުޅޭގޮތުން ދަންނަވަން އޮތީ އެހެން ޒާތެއްގެ ވާހަކައެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެގެންނާއި އެކި އެކި މީސް މީހުންނަށް ރިޝްވަތު ދީގެން ފުނޑާނުލެވޭނެކަމަށެވެ.

އާޒިމް ވިދާޅުވީ، ދިވެހިރާއްޖެ ހަރާބުކުރުމަށް ފުރުސަތު ދީގެން ރައްޔިތުންގެ މަޖިލީހުން ނުތިބޭނެކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް ފައިދާތައް ލިބިގެންދާ ގޮތަށް ކަންކަންކުރުން މުހިންމުކަމަށް ޑިމޮކްރެޓްސްއިން އަބަދުވެސް ދޭކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ކޮރަޕްޓު މީހުންނާއި ވައްކަން ކުރާ މީހުންގެ އިތުރުން ނާޖާއިން ފައިދާތައް ނަގާ މީހުން އައުމުން އެފަދަ ފަރާތްތައް އަވަހަށް މަގާމުން ދުރުކުރެވޭނެ އެހެން ނިޒާމެއް ނިޒާމެއް ރައްޔިތުންގެ މަޖިލީހުން ވުޖޫދަށް ގެނައުން ނުވަތަ އެކަން ކުރެވޭނެ އެހެން ގޮތެއް ހޯދުމަކީ މަޖިލީހުގެ މެމްބަރުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ މަޖުބޫރު ކަމެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ މެމްބަރުކަމަށް އިންތިހާބުވާ މީހުން ކެމްޕެއިން ހަރަދު އަނބުރާ ހޯދަން އަންނަ ތަނަކަށް ނުވާނެކަމަށެވެ. އަދި އެތަނަކީ ކުރިއަށް އޮތް ކެމްޕެއިންނަށް ފައިސާ ހޯދުމުގެ ނިޔަތުގައިވެސް އައިސްގެންވާނެ ތަނެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ މުއްސަނދިވުމަށާއި ރަށްތަކާއި ފަޅުތައް ހޯދުމުގެ ނިޔަތުގައި އަންނަ ތަނެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. އާޒިމް ވިދާޅުވީ، މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ތަނެއްގެ ގޮތުގައި އޮންނަންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްްޖޭގެ ބާރުވެރިކަން ނިމިގޮސްފައިވާކަމަށް ދިވެހިންނާއި ބޭރުގެ ފަރާތްތަކުންވެސް ހީކޮށްގެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ބޮލާލައި ޖަހާލައި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށްވެސް އެއްވެސް ހާލަތަކު ހީކޮށްގެން ނުވާނެކަމަށެވެ.

އާޒިމް ވިދާޅުވީ، ވެރިކަމަށް އަންނަ ފަރާތްތަކުން ރައްޔިތުންނަށް ދައްކަނީ މުޅިންހެން އެހެން ފޮޓޯއެއްކަމަށެވެ. އަދި ފުރަތަމަ ދައްކަނީވެސް މުޅިންހެން އެހެން ވާހަކަތަކެއްކަމަށާއި ދެނީވެސް މުޅިން އެހެން އުންމީދުތަކެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަމަށް އައުމަށްފަހު މުޅިންހެންވެސް ކަންކަން ދިމާ އިދިކޮޅަށް ކުރާކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެފަދަ ފަރާތްތަކުން ރައްޔިތުން ނިކަމެތިކަމާއި ދިމާލަށް ގެންދާކަމަށެވެ.

އެހެންކަމުން އެފަދަ ވަގު ފޮޓޯއެއް ނުވަތަ ގޯސް އުންމީދެއް ރައްޔިތުންނަށް ދިން ވެރިޔަކު މަގާމުގައި ބެހެއްޓުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިސްނަވަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޜައްޔިތުން މަޖިލީސް މެމްބަރުންގެ އަޙްލާގާ އަދަބު ހުންނަން ޖެހޭނެއެވެ. ޥަލުސިންގާ ޖަނަވާރު ތަކަކަށް ވެގެނެއް ނުވާނެއެވެ. ޜައްޔިތުންނަށް ނަމޫނާ ބަޔަކަށް ވާން ޖެހޭނެއެވެ. ރައްޔިތުންގެ ސަރުކާރު ހިންގާ މީހުންނަށް ރަނގަޅު ގޮތްތައް ކިޔާދީ ރައްޔިތުންނަށް ފައިދާ ހުރި ރަނގަޅު ގޮތްތައް ބުނެދިނުމަށް އަޅުގަނޑު މެން ހޮއްވަވާ ދީފަވާ ބޭފުޅުންތަކެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: