ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ރައީސް ހުވާގެ ރަސްމިއްޔާތަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހު އަންގަވައިގެން: ހަސަން ލަތީފް

ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާރަށް ހުރަސް އެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަންގަވައިގެން ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަންލަތީފް ސަންގަށް ވިދާޅުވީ އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕުގެ މި އެންގެވުމަކީ ސީދާ ރައިސް ސޯލިހު އަންގަވައިގެން ކުރައްވާފައިވާ ކަމެއް ކަމަށެވެ. މީގެ ކުރިން ރައީސް ސޯލިހުގެ ވާހަކައިން ވެސް ވަަރަށްބޮޑަށް މި ކަންކަން ހާމަ ވެފައިވާކަން އެގިފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

“ރައީސް ސޯލިހު ވިދާޅުވެފައިވޭ މަޖިލީހުގެ ކޮންޓްރޯލް އޮންނަނީ ތިމަންނަ އަތުގައޭ” ހަސަން ވިދާޅުވިއެވެ.

އެމްޑީޕީން އަބަދުބެސް ފެންނަނީ މަކަރާއި ހީލަތާއި އޮޅުވާލުން ކަމަށާއި، ރައީސް ނަޝީދުގެ މައްސަލަ އެއްފަހަރު ހުށަހެޅުމަށް ފަހު އަނބުރާ ގެންދިއުމުން އެމީހުންގެ މަގްސަދު ސާފްވާކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުން ވަނީ ދޮގާއި މަކާރާއި އޮޅުވާލުމާއި ދެކޮޅަށް ވޯޓް ދެއްވާފައި ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ދަ. ޑިމޮކްރޭޓްސް ޕާޓީން ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނިންމުމާއި ގުޅިގެން ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، އެމަނިކުފާނުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ދަރުބާރަށް ހުރަސް އެޅުއްވުމަށް އެމްޑިޕީން މަސައްކަތް ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަންގަވައިގެން ކަމަށެވެ.

މީގެ އިތުރުން އެޕާތީން ބުނީ އެމްޑީީޕީގެ ޕާލިމެޓްރީ ގުރޫޕުންގެ ބައެއް މެމްބަރުންލައްވައި ކުރައްވަން އުޅުއްވާ ހުތުރު މަސައްކަތް ކުއްވެރި ކުރާ ކަމަށާއި، ރައްޔިތުންގެ ނިންމުމަށާއި، ގާނޫނު އަސާސީގެ ހުރުމަތަށާއި، ޑިމޮކްރެސީގެ އަސާސްތަކަށާއި، މަކާރިމުލް އަޙްލާގުގެ ހަމަތަކަށް ރުޖޫއަވެ ވަޑައިގަތުމަށް އިލްތިމާސް ކުރައްވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ޑިމޮކްރޭޓްސް އިން މިފަދަ ބަޔާނެއް ނެރެފައިވާއިިރު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުންވަނީ އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން ދުރު ކުރުމަށް ނަގާ ވޯޓަށް ފުރުސަތު ނުދޭނަމަ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ފަހު އައްޔަނު ކުރައްވާ ކެބިނެޓަށް ރުހުން ނުދޭނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅީ އެ ޕާޓީއަށް ރިއާސަތުގެ ކޮންޓްރޯލް ބޭނުންވާކަމަށް ބުނެ އެވެ. އަދި އިންތިހާބުގެ ނަތީޖާގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ނަޝީދުކަމަށް ވެސް އެބޭފުޅުން ގަބޫލު ކުރައްވަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ބޭފުޅެއް މަގާމުގެ ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މި މައްސަލައިގައި އިތުރު މެމްބަރުން ވެސް ވާހަކަދެއްކެވި އިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންގޮސް ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެ ވޯޓަށް ޖާގަ ނުދީ ކުރާ އެއްވެސް މަސައްކަތަކަށް މަޖިލީހުގައި އެއްބާރުލުން ނުދޭނެކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: