ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިނުގެ ތެރޭގައި ސަރުކާރުން ވަނީ އާސަންދަ ބަޖެޓު ބަހާލާފައި: އިލްޔާސް

ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި އިލްޔާސް ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ ބަޖެޓްގައި ހުރި ފައިސާ ރިޔާސީ އިންތިހާބު ކެމްޕޭނު ތެރޭގައި ސަރުކާރުން ބަހާލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

“ރާއްޖޭގެ ސިޔާސީ މުސްތަގުބަލު” ނަމުގައި ޑިމޮކްރެޓްސް ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އާސަންދަ ނަމުގައާއި، އެންސްޕާ މެދުވެރިކޮށް ދައުލަތުގެ ފައިސާ އާސަންދަ ބަޖެޓް މެދުވެރިކޮށް ބަހާފައިވާ ކަމެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އެމަނިކުފާނުގެ ޕާޓީގެ ގާތްމީހުން ރާއްޖޭން ބޭރަށް ޗުއްޓީ ހޭދަ ކުރުމަށް ފޮނުވަން ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އެގޮތުން އިލްޔާސް ވިދާޅުވީ އެންމެ މީހަކަށް އާސަންދަ މެދުވެރިކޮށް ހަ ލައްކަ ރުފިޔާ ދީފައިވާ ކަމަށެވެ.

އިލްޔާސް އާސަންދަ ބަޖެޓާއި، ގުޅޭގޮތުން ސަރުކާރަށް ތުހުމަތުތައް ކުރެއްވިއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި އާސަންދައިން ވަނީ 60 އިންސައްތަ ވަނީ ހޭދަކޮށްފައެވެ. ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އާސަންދައަށް 628 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައި ވަނީ ޖުމްލަ އެއް ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި ވަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.

ސަޕްލިމަންޓްރީ ބަޖެޓާއެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރައެވެ.

އިލްޔާސް ވިދާޅުވީ ދައުލަތުގެ ހަރަދުބޮޑުވެ މާލީހާލަތު ދަށަށްދާއިރު ސަރުކާރުން ބަލަންވާ މިންގަނޑަށް ނުބަލާ ފައިސާ އަމިއްލަޕާޓީގެ މިހުންނަށް ބަހަމުން ދިއުމުގެ ސަބަބުން މުޅިދައުލަތް ވަނީ ދަރާފަކަމަށެވެ. ނަމަވެސް ފެންނަނީ މިފަދަ ކޮންމެފަހަރަކު ފައިސާ ޗާޕު ކުރާތަންކަމަށެވެ. މިގޮތަށް އަމަލުކުރުމުގެ ސަބަބުން ޑޮލަރުގެ އަގުބޮޑުވެ އަގު އުފުލިގެންދާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: