ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކާއި ގުޅޭ އިކުއެރީ ހަދަންޖެހޭނީ ސިޔާސީ ނޫން، ގަދަރުވެރި މެންބަރުން: އަފީފް

ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކާއި ގުޅޭ އިކުއެރީ ހަދަންޖެހޭނީ ސިޔާސީ ނޫން، ގަދަރުވެރި މެންބަރުންކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދައިން އަމަލުކޮށްފައިވާކަމަށް ބުނެ ޕީޕީއެމް/ޕީއެންސީއިން އިދިކޮޅުގައި އޮވެ ކުރި ތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމަށް، ޕަބްލިކް އިންކުއެރީއެއް ހެދުމަށް ގޮވާލާ ހުށައެޅި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ވެރިކަމަށް އައުމަށް ކޮންމެ ބަޔަކުވެސް ވަރަށް ގިނަ ވާހަކަދައްކާނެކަމަށެވެ. ރައްޔިތުން ވޯޓު ދޭނީ އެކަންކަން ކޮންވިންސް ކޮށްދެވޭ ޕާޓީއަކަށްކަމަށް އަފީފް ވިދާޅުވިއެވެ.

ވެރިކަން ހޯދުމަށް ތެދާއި، ދޮގުވެސް ހަދާނެކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ މިކަމުގައި ބަލަންޖެހެނީ ހަގީގަތްކަމަށެވެ.

އެގޮތުން އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ބުނަނީ ކީކޭތޯ ބަލަންޖެހޭކަމަށާއި، ދެކެވުނު ވާހަކަތަކުގެ އެއްވެސް ކަހަލަ ހަގީގަތެއް އެބައޮތްތޯ ބަލާ، އެކަމުން ކުރާނެ އަސަރަކީ ކޮބައިތޯވެސް ބަލަންޖެހޭކަމަށް އަފީފް ވިދާޅުވިއެވެ.

އެގްރީމެންޓުގައި މިއޮތީ ކޯއްޗެއްތޯ، ކޮން ބައެއްތޯ އެތާ ތިބެނީ. ކޮން ބައެއްގެ ބާރެއްތޯ އުތުރު ތިލަފަޅުގައި އޮތީ. މިކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ބަލަން. އެވާހަކަ މި ގަރާރުގައި މިއޮތީ.
އަފީފް ވިދާޅުވިއެވެ.

މިކަމުގެ ހަގީގަތް އެނގޭނީ މައްސަލަ ބެލުމުންކަމަށާއި، ރާއްޖޭގެ ސިޔާދަތާއި، ބާރުތަކަށް އެއްވެސް އުނިކަމެއް އަންނަނީނަމަ އެއީ ގައުމަށް ލިބޭ ގެއްލުމެއްކަމަށާއި، މިނިވަންކަމަށް ލިބޭ އުނިކަމެއްގެ ގޮތުގައި އަފީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިއްޖެކަމަށް ބުނެ ދެކެވުނު ވާހަކަތަކަށް އިޝާރާތްކޮށް އަފީފް ވިދާޅުވީ ހަގީގަތަކީ ކަނޑުގެ ބައެއް ގެއްލިފައިވާކަންކަމަށެވެ. ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައި ކުޅަ ދެ ބައި މެންބަރުންގެ ތާއީދާއިއެކު ފާސްކުރާ ގާނޫނަކުންކަމަށް އަފީފް ވިދާޅުވިއެވެ.

ރާއްޖޭގެ ކަޏޑުގެ ސަރަހައްދާއިމެދު އޭރުގެ ސަރުކަރުގެ ގޮތް ނިންމީ ގާނޫނާއި ހިލާފަށްކަމަށާއި، މަޖިލީހާއި އެއްވެސް މަޝްވަރާއެއްކޮށްފައިނުވާކަމަށް އަފީފް ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ޕަބްލިކް އިންކުއެރީ ހެދުމަށް މަޖިލީހުގައި އޮތީ އޭރުގެ ސަރުކާރުގެ މެޖޯރިޓީއެއްކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ މި އިންކުއެރީ ހަދަންޖެހޭނީ ވަކި ކޮޅަކަށް ނުޖެހޭ، ގަދަރުވެރި މެންބަރުންތަކެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: