ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ނިންމާލީ ފޯނުކޯލަކުން!

މަޖިލިސްގެ ރިޔާސަތުގައި ހުސްވި ހަފްތާގައި އިންނެވީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޮތްނޭނގޭ ފޯން ކޯލަކަށް ފަހު މަޖިލީހުގެ ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން އަޑުގަދަކުރަމުން ދަނިކޮށް ގޮތް ނޭނގޭ ފޯނުކޯލަކަށް ޖަވާބު ދެއްވުމަށްފަހު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާ ނިންމާލާފަ އެވެ.

މެމްބަރުން މަޖިލީހުގައި އަޑުގަދަ ކުރަމުން ދަނިކޮށް ކުއްލިއަކަށް އައި ފޯނަކަށް ރިޔާސަތުގައި އިންނަވައި  އަފީފް ޖަވާބު ދެއްވައި އާދެ. ނިންމާލަނީ. ނިންމާލަނީ   ކަމަށް  ވިދާޅުވިއެވެ. އެއަށް ފަހު ޖަލްސާ ނިންމާލިކަން އޭނާ އިއުލާން ކުރެއްވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ  ފެށިގެން ކުރިއަށް ދަނިކޮށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ވަނީ މިއަދުގެ ޖަލްސާ ހުއްޓުވުމަށް ނިޒާމީ ނުކުތާ ފުލުފުލުގައި ނަގާފައެވެ،
މަޖިލީހުގެ ހެނދުނު ދަންފަޅީގެ ނިޒާމު އެއްކޮށް ގެއްލިފައި ވަނިކޮށް އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިިރު ވަނީ ޕާޓީތައް މަޝްވަރާކޮށްގެން މަޖިލިސް ހައްލުތަކެއް ހޯދުމަށްފަހު މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އާމިރުގެ އެ ނިޒާމީ ނުކުތާ ބަލައިގަތެ ރިޔާސަތުން މަޖިލީސް މެދުކަޑާލުމަށް ފަހު މަޖިލިސް އަލުން ފެށީ 11.30 ހާއިރުއެވެ. ގާތް ގަނޑަކަށް ގަޑިއިރަކަށް ވުރެ ދިގުކޮށް ކުރިއަށްދިޔަ މަޝްވަރާ އަށް ފަހުގައިވެސް މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ ޝަކުވާ އާއި ކޯޅުމަށް ހައްލެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ.

އާމިރު އަނެއްކާވެސް އެދިލެއްވީ މަޝްވަރާގެ އުސޫލުން މެމްބަރުންގެ ހިޔާލުތަފާތުވުން ތައް ނައްތާލުމަށެވެ. އާމިރުގެ ނިޒާމީ ނުކުތާ ބަލައިގަނެ މަޖިލިސް މެދުކަނޑާލިއެވެ. މެދު ކަނޑާލުމަށް ފަހު އަލުން މަޖިލިސް ފެށި އިރުގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ރިޔާސަތު ކުރިމަތީ ތިބެގެން ވަނީ އަޑުގަދަކޮށްފައެވެ.

ރިޔާސަތުން އާމިރުގެ ނިޒާމީ މައްސަލަ ބަލައިގަނެ އަނެއްކާވެސް މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން މަޖިލިސް ފެށިއިރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބައެއް މެންބަރުން ދިޔައީ އިދާރީ މޭޒު ކައިރީގައި ތިބެ އަޑު އުފުލަމުންނެވެ. މަޖިލިސް ނިންމާލީ އޭރު މެންބަރުން އަޑުގަދަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: