ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހުށައަޅާ ކޮންމެ ކަމަކަށް ސްޕްރީމް ކޯޓު ދީލާލައިގެން ނުވާނެ: އަފީފް

ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ހުށައަޅާ ކޮންމެ ކަމަކަށް ސްޕްރީމް ކޯޓު ދީލާލައިގެން ނުވާނެކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަގާމުތަކަށް ދާން މެމްބަރުކަމުން އިސްތިއުފާ ދިން މެމްބަރުންގެ ގޮނޑިތައް ނުހިމަނައި ޖުމްލަ އަޣުލަބިއްތަތު ގުނާ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގައި ގަވައިދު ބާތިލު ނުކުރާތީ އެކަމަށް ގޮތެއް ނިންމައިދޭން އެދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ތަޅުމަށް ހުށައެޅި މައްސަލައަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ މަޖިލީހުގެ ނިންމުން ގާނޫނު އަސާސީއާއި ތައާރުޒުވާކަމަށް ސްޕްރީމް ކޯޓުން ނިންމާފައި ނެތްކަމަށެވެ. އެހެންކަމުން އެކަމާއިމެދު ބަހުސް ކުރަންވީ ކީއްވެގެންތޯ އަފީފް ސުވާލު އުފެއްދެވިއެވެ.

އެކަމަށް ގޮތް ނިންމަން ޖެހޭނީ މަޖިލީހުން ނޫންކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ އެއީ ސްޕްރީމް ކޯޓުގެ ޒިންމާއެއްކަމަށެވެ. ނޫނީ އެ މައްސަލަ ކޯޓަށް ހުށައެޅި ފަރާތުން އެކަން ސާފުކުރުމަށް އަނެއްކާވެސް ވަޑައިގަންނަވަން ޖެހޭނީ ސްޕްރީމް ކޯޓަށްކަމަށް އަފީފް ވިދާޅުވިއެވެ.

ގާނޫނަކީ އެކި މީހުން އެކި ގޮތަށް މާނަ ކުރާ އެއްޗެއްކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ ކޮންމެ ވަކީލަކުވެސް ގާނޫނު މާނަ ކުރައްވަނީ އޭނާގެ ކްލައިންޓު ބޭނުންވާ ގޮތަށްކަމަށެވެ.

ދެން އަޅުގަނޑުމެން ބަލާލަން ޖެހޭނީ މި ގާނޫނު އަސާސީ ލިޔުނު އިރުގައި އޭރުގައި ހިޔާލުތައް ހުރީ ކިހިނެއްތޯ؟ އެކަމަށް ރިޔާއަތް ކޮށްފައިތޯ ސްޕްރީމް ކޯޓުގެ ނިންމުން ނިންމާފައި އޮތީ، އަދި ހަމައެއާއިއެކު މި ތަނުން، ގޮނޑި ހުސްކޮށް ނޫނީ އިސްތިއުފާ ދެއްވި މެންބަރުން މިތަނަށް ވަޑައިގެންނެވުމާއި ބެހޭ ގޮތުންވެސް ސްޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭނެކަމަށް އަޅުގަނޑު ދެކެނީ.

އަފީފް ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގެ ނިންމުމަކީ، މި ގާނޫނު އުފެއްދިއިރު ހުރި ހިޔާލްތަކަށް ރިޔާއަތްކޮށް ނިންމާފައިވާ ނިންމުމެއްތޯ ބަލަން ޖެހޭކަމަށާއި، އިސްތިއުފާ ދެއްވާ ވަޑައިގެންނެވި މެންބަރުން އަލުން، މަޖިލީހަށް ވަޑައިގަންނަވަން ޖެހޭތޯވެސް ނިންމަންޖެހޭކަމަށް އަފީފް ވިދާޅުވިއެވެ.

ސަރުކާރުން ހުށައަޅާ ކޮންމެ ކަމަކަށް ދީލާލައިގެން ސްޕްރީމް ކޯޓުން ކަންކަން ނިންމަނީކަމަށް ވިދާޅުވެ، އަފީފް ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: