ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު މަޖިލީހަށް 196.2 މިލިއަންގެ ބަޖެޓެއް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އެލަވަންސްތައް ބޮޑުވާ ގޮތަށް، 2024 ވަނަ އަހަރަށް 196 މިލިއަން ރުފިޔާގެ ބަޖެޓެއް އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖުލިހުގެ އާންމު ކޮމެޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ބަޖެޓް ފާސްވެފައެވެ. އެގޮތުން 2024 ވަނަ އަހަރަށް މަޖިލީހަށް ހުށައަޅާފައިވަނީ ސަތޭކަ ނުވަދިހަ ހަ މިލިއަން ދެ ލައްކަަ ތިރިސް ހަތް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާއެވެ.

މިއީ ނިއު ޕޮލިސީ އިނޝިއޭޓިވްގެ 4 މިލިއަނެއްހާ ރުފިޔާއެކުގައި ކަމަށްވެސް ކޮމެޓީގެ ބައްދަލުވުމުގައިވަނީ ހާމަ ކޮށްފައެވެ.

2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖލީހުގެ ބަޖެޓަށް ގެންނަން ފެންނަ އިސްލާހާއި ގުޅިގެން މަޖިލީހަށް ކަނޑައަޅާ ބަޖެޓް ކޮމެޓީ އަށް ހުށައަޅާފައިވަނީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

މަޖިލީހުގެ އާންމު ކޮމެޓީއަށް ހާޒިރުވެފައި ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި، ފުނަދޫ ދާއިރާ މެމްބަރު މުހައްމަދު ޝާހިދުގެ އިތުރުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަނީ އަބްދުލްހަކީމެވެ.

މީގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީވެސް ވަނީ ކޮމެޓީ އާއި ގުޅިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: