ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސްކަމުން ވަކި ކުރަން އެމްޑީޕީން ހުށަހެޅީ، ދޭ އަދަބެއްގެ ގޮތުން: އީވާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުއްﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދޭން ޖެހުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ތާއިދު ނުކުރުމުން ދިން އަދަބެއްގެ ގޮތުގައި ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން އެމްޑީޕީގެ 50 މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެ މައްސަލާގައި ޖަވާބުދާރީ ވާން ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ. އީވާ ވިދާޅުވީ އެމްޑީޕީން އޭނާއަށް ދެނީ “އެމްޑީޕީއަށް ވެރިކަން ގެއްލުމުގެ އަދަބު” ކަމަށެވެ. އަދި ނާގާބިލް ކިބުރުވެރި ސަރުކާރެއް ކަމަށް ބުނުުން އެއީ މިއަދު މި ހާލަތު އަންނާނެ ކަން މާ ކުރިން އެނގެން އޮތް ކަމެއް ކަަމަށްވެސް އިީވާ ވިދާޅުވިއެވެ.

އިވާ ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމާއި ހަވާލުވިއިރު، ދައުލަތުގެ ދަރަނި އެކުލަވާލުމުގައި ކަންތައް ހިނގާފައިވާ ގޮތާއި ގުޅޭގޮތުން އިހުތިޖާޖު ކުރުމުންވެސް އެ ދުވަހުވެސް ސަރުކާރުން އޭނާ އަށް ޖައްސާލާ ދިމާ ކުރާނެކަން ވެސް އެނގުނު ކަމަށާއި، އެމް.އެން.ޕީ.އާރު.ސީ ހިޔާނާތާއި، ސަރުކާރު ހޮވުމަށްފަހު ބަލާ ތަހުގީގު ކުރަން ބުނި މަރުތަކާއި، އޮލުވާލައި ފައިސާ އަތުލި ވެންޓިލޭޓަރުގެ ވައްކަންތަކާއި ރައްޔިތުންނަށް ދޭންބުނި ބޯހިޔާވަހިކަން ވެސް ނުދިީ ދުވަސްތައް ދިގުލައިގެން ދިއުމުން އޭރުވެސް އެކަމަށް މަޖިލީހުގައި ބަހުސްކޮށް އިހުތިޖާޖު ކުރަމުންދަނިކޮށް ދިވެހި ކަނޑުގެ ސަރަހައްދެއް ސިއްރިއްޔާތުގައި ވިއްކާލި ކަމަށެވެ.

އޭރުވެސް ނިމިިދިޔަ ސަރުކާރުން މި ސަކަރާތް ޖަހަން އުޅޭކަމާއި އަދަބު ދޭނެ ކަންވެސް އެނގޭ ކަމަށެވެ.

އީވާ ވިދާޅުވީ އޭނާވެސް ގިނަދުވަހު މަސައްކަތް ކުރެއްވި ޕާޓީ އެމްޑީޕީގެ އަމާޒާކީ ވައްކަމާއި ފަސާދައާއި އޮލުވާލުމާއި ކޮރަޕްޝަނާއި ދެ ކޮޅަށް މަސައްކަތް ކުރުން ކަމަށެވެ. ނަމަވެސް  އެޕާޓީގެ އަސާސަތައް މިހާރު ވަނީ އެއްކޮށް ފުނޑާލެވިފައި ކަމަށް ވެސް ވިދާޅުވިއެވެ. އިވާ ވިދާޅުވީ މިހާރު އެމްޑީޕީގައި މަސައްކަތް ކުރަނީ އެޕާޓީއާއި ބީރައްޓެހި ފިކުރެއްގެ ބައެއް ކަމަށެވެ.

އިސްލާހީ މަސައްކަތުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެގޮތުން މަޖިލީހުގެ ބޭރުންނާއި އެތެރެއިންވެސް މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. ޔުނިވަސިޓީ ތައުލީމު ނުނިމެނީސް ސިޔާސީ ހަރަކާތަށް ނުކުތް ގޮތަށް މަސައްކަތް ކުރަަމުންދަނީ އިސްލާހީ މަސައްކަތުގައި ކަން ފާހަގަކޮށް ވިދާޅުވީ ސިޔާސީ ހައިޖާނުތަކާއި، ސިޔާސީ ގޮތުން ކުރިމަތި ވެދާނެ ކޮންމެ ފަދަ ހާލަތަކަށް ހުރީ ތައްޔާރުވެގެން ކަމަށެވެ،

“ފައްސިއަށް ދާ އޮޑިއެއްގެ ދިރުބާ ކޮޅުގައި އިނުމަކީ ވަރަށް ފަސޭހަ ކަމެއް.”

އީވާ ވިދާޅުވީ އިންސާފުން ބޭރުން ކަންކަން ދާ ކަމުގައިވާނަމަ ހައްޓަށް ފަސޭހަވެގެން ނުހުރެވޭނެ ކަމަށެވެ. ފައްސިޔަށް ދާ އޮޑިއެއްގެ ދިރުނބާ ކޮޅުގައި އިނުމުން ފަސޭހަވި ކަމުގައި ވީިނަމަވެސް ގައުމު ހަމަ މަގުން ކައްސާލާތަން ނުބެލޭނެކަމަށް އީވާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަމަވެސް އެމްޑީން އިންސާފުން ބޭރުން ކަންކަން ކުރުމުގެ ސަބަބުން އެމްޑީޕީއާއި ވަކިވެ މުޅިން އާ ޕާޓިއެއް އެކުލަވާލައި ވަކި ސިޔާސީ ޕާޓީއަކުން މަސައްކަތަަށް ނުކުންނެވީ ކޮންްމެހެން މާ މޮޅު ފައިދާ އެއް ލިބިދާނެ ކަމަކަށް ފަހަރެއްގައިވެސް ގަބޫލު ކޮށްގެންނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: