ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސް އަސްލަމް އާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ 23 މެމްބަރުންގެ ސޮޔާއެކު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމާއި މަޖިލީހުގެ ނައިބުރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖެވެ.

އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިއަދު ރިޔާސަތުގައި އިންނަވާ އަމަލުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ބ، ޅ. އަދި އ. އާ ހިލާފަށް ކަމަށް ބުނެއެވެ. އަދި ގާނޫނު އަސާސީގައި 70 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާ ވެސް ހިލާފު ވެފައިވާކަމަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައިވެ އެވެ.

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޑިސެމްބަރު 10، 2023 ގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި، މައްސަލަ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކުރެވެން އޮތް އެންމެ އަވަހަކަށް އެ މައްސަލަ ތާވަލުކުރުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ވީ ނަމަވެސް، އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ރިޕޯޓު ތަޅުމަށް ލިބުންތާ އަށް ދުވަސް ފަހުން ކަމަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައިވެއެވެ.

ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނު އަސާސީއާ ހިލާފަށް މަސައްކަތް ކުރަމުން ދިޔައިރު ވެސް ނައިބު ރައީސްގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބުނެއެވެ. އަދި ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާ ކަމަށް ކަށަވަރު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ބުނެއެވެ.

ހެނދުނުގެ ހުސް ވަގުތަށް މަޖިލިސް މެދުކަނޑާލުމުގެ ކުރިން، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހާނެ ކަން އަސްލަމް އިއުލާން ކުރެއްވި އެވެ. އެހެންނަމަވެސް، ސަރުކާރު ކޯލިޝަންގެ މެމްބަރުން ހުރަސް އަޅައި މަޖިލީހުގެ ޖަލްސާ އަލުން ފެށިޔަ ދީފައެއް ނުވެ އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ހާމަ ކުރުމުން، މަޖިލިސް ވަނީ ވަރަށް ބޮޑަށް ހޫނުވެ ހަމަނުޖެހުން ތަކެއް ހިނގާފައެވެ. އަދި މަޖިލީސް ތެރޭގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމަށް ވަނީ އަނިޔާތަކެއް ވެފައެވެ.

އަސްލަމާއި ސަލީމް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުތަކުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲ އެ މަގާމުން ވަކި ކުރުމަށް ފަހު، މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: