ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް!

މެންބަރު އަހުމަދު ސަލީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައިސް ކަމުގެ މަގާމަށް ހޯރަފުށީ ދާއިރާގެ އަހުމަދު ސަލީމް އިންތިހާބުވެއްޖެ އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުށަހެޅި ނަންތަކުގެ ތެރެއިން މެމްބަރުން ހުށައެޅީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ނަމާއި، ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރެގެ ނަމެވެ.

މިރޭގެ ޖަލްސާއަށް 73 މެމްބަރުން ހާޒިރުވި އެވެ. އޭގެ ތެރެއިން ގިނަ މެމްބަރުން މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު އަހުމަދު ސަލީމު ކަނޑައެޅުމަށް ފެންނަ ކަމަށް ވޯޓް ދެއްވާފއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރުމަށް ހުށަހެޅި މައްސަލައިގެ ގަރާރު މިއަދަށް ތާވަލު ކުރުމުން ވޯޓަށް އެހުމުގެ ކުރިން އީވާ ވަނީ މިއީ ޒާތީ ބަދަލު ހިފުމެއްކަމަށް ސިފަ ކުރެއްވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވާފަ ޖަވާބުދާރީވުމަށް ދިން 30 މިނެޓުގެ ފުރުސަތުގައި އީވާ ވަނީ، މަޖިލީހުގެ އެއްވެސް މެމްބަރަކަށް އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލުތައް ބަހައްޓައި ނާގާބިލުވިކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލައަކީ އީވާ ސިފަ ކުރެއްވި ގޮތުގައި އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ސަބަބުން ދޭ އަދަބެކެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: