ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ހޫނުވެ މެންބަރު ޝަހީމް އަށް އަނިޔާތަކެއް!

މެންބަރު އޭޑީކޭއަށް ގެންދަނީ -- ފޮޓޯ: ދެން އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ނިންމުގެ ސަބަބުން މަޖިލިސް ހޫނުވެ ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމަށް އަނިޔާވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ނުދިނުމަށް އެ ދެޕާޓީން ނިންމި ނިންމުމާއި ގުޅިގެން މަޖިލިސް ތެރޭގައި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ކެންދިކުޅުދޫ ދާއިރާގެ މެންބަރާއި އަދި ޝަހީމްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައި ޝަހީްއަސް އަނިޔާތަކެއް ވެފައިވެއެވެ. އެހެންނަމަވެސް މިހާރު ޝަހީމް ވަނީ ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ވަޒީރުންނަށް ރުހުން ނުދިނުމުގެ ސަބަބުން މަޖިލިސް ތެރޭގައި އަޑު ގަދަކޮށް ބަހުގެ ހަމަލާތަށް ރައްދުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މަޖިލިސް ތެރޭގެ މައިކް ފަދަ ވަސީލަތްތައް މެންބަރުން އަތުން ނަންގަވައިގެން އުޅުއްވަ މަންޒަރުތައްވެސް ސޯޝިއަލް މީޑިއާގައިދަނީ ދައުރުވަމުންނެވެ.

މަޖިލިސް އެތެރޭގެ މައްސަލަ ހޫނުވެފައިވާއިރު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ގެންދަނީ މަޖިލިސް ބޭރުގައި އަޑުގަދަކޮށް ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލަމުންނެއެވެ. އެގޮތުން ސަރުކާރުގެ ބައެއް އިސް ފަރާތްތަކުގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އަދި ރައްޔިތުން އިންތިހާބު ކޮށްފައިވާ މެންބަރު ޖަވާބުދާރީ ކުރެވޭނެ ކަމަށްވެސް އެތަނުގައި ތިއްބެވި ބޭފުޅުން ދަނީ ބުނަމުންނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: