ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޝާމް މަޖިލީހުގެ ގަވައިދެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން، ރުހުން ނުލިބުނު ސަބަބު ސާފުވޭ: ހަސަން

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރުހުން ދޭން ނުފެންނަކަމަށް ފާސްވެގެން ދިޔަ ވަޒީރުންގެ ތެރޭގައި ހިމެނޭ ބަންޑާރަ ނައިބު އުޝާމާއި މެދު އެގޮތަށް ނިންމަން ޖެހުނު ސަބަބު މިހާރު ރައްޔިތުންނަށް ފެންނަމުން ދާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އާދީއްތަ ދުވަހު ތާވަލު ކުރުމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ޑިމޮކްރެޓްސް ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެކި ފަހަރު މަތީން ވޯޓު ނެގުން ތާވަލުކޮށްގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި މެމްބަރުން ވަނީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ނިންމާފަ އެވެ.

އެކަމަކު އޭގެ ފަހުން އިއްޔެގެ އިރުއޮއްސުނު ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަ އެބޭފުޅުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވައި ފަތްކޮޅު އަރުވާފަ އެވެ. އަލުން ވަޒީރުންނަށް މަގާމުގެ ހުވާކުރެވިދާނެ ތޯ، ގާނޫނީ ގިނަ ސުވާލުތަކެއް އުފެދިފައި ވަނިކޮށް ރައީސުލްޖުމްހުރިއްޔާ އަޒުލު ކުރުމުގައި އަމަލު ކުރާނެ ގޮތާއި މެދު ގަވައިދަށް ގެނައި އިސްލާހު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އާދީއްތަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެކަމުގެ މައުލޫމާތު އޭޖީ އޮފީހުން މީޑިއާތަކަށް ދިނީ އޭގެ ތިން ދުވަސް ފަހުންނެވެ.

އެ ހުށަހެޅުމާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މިރޭ ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހެއް ނަންގަވައި އުޝާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތަކާއި، ބަދަލުތަކުގެ ތަފްސީލު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަސަން ވިދާޅުވި ގޮތުގައި މެމްބަރުންނަށެވެ. އެކަންކަމަށް އިތުރު ބާރުވެރިކަމެއް ނުފޯރުވޭނެކަމަށާއި، އަދި މަޖިލީހުގެ އެ ނިންމުން ސުޕްރީމް ކޯޓަށް އުޝާމް ގެންދެވުމަކީ އެއީ އޭނާގެ މަސައްކަތުގެ ތާރީހަށް ބަލައި ވެސް ކުރައްވަފާނެކަމަށް ބެލެވުނު ކަންތައްތަކުގެ ގޮތުގައި ހަސަން ވިދާޅުވި އެވެ.

ހަސަން އެ އިޝާރާތް ކުރެއްވީ މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނަށެވެ. އިތުބާރު ނެތްކަމަށް ނިންމާފައިވާ ވަޒީރެއް، އެ މައްސަލަ ނަންގަވައިގެން ކޯޓަށް ވަޑައިގަތުމަކީ އެއީ ކޮންކަހަލަ ކަމައަކާއި އުސޫލެއްތޯ ސުވާލު އުފައްދައި ހަސަން ވިދާޅުވީ ވަޒީރުންނަށް ރުހުން ދޭން ފެނޭތޯ ނުވަތަ ނޫން ތޯ ނިންމުމަށް ގާނޫނުން ލާޒިމް ކުރަނީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ މައްޗަށްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ހުރިހާ ވަޒީރުންނަށް ރުހުން ދޭން ޖެހޭކަމަށް ގާނޫނުގައި ނެތްކަމަށް ހަސަން ވިދާޅުވި އެވެ.

މިއަދު މިކަން ކުރާނެކަން އެނގޭ.. މިއީ މިފަދަ ކަންކަން ތަކުރާރުކޮށް ކުރައްވާފައިވާ ބޭފުޅެއް.. މި ހިނގަނީ އެކަން ލޯ ކުރިމަތީ.. ދައުލަތުގެ ތިން ބާރުގެ ތެރެއިން މަޖިލިސްގެ ބާރުގެ ތެރެއަށް ސަރުކާރުން ނުވަތަ ރައީސް މުއިއްޒު އެ ވަދެވަޑައިގަތީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި..

ރައީސް ބޭނުންފުޅުވާ ގޮތަށް ރުހުން ދޭން ޖެހޭނަމަ، ގާނޫނުގައި ވަކި ގޮތަކަށް ބަޔާން ކުރުމުގެ މާނައެއް ނެތްކަމަށް ހަސަން ވިދާޅުވި އެވެ. އެއަށް ފަހު ހަސަން ވަނީ، އައު ސަރުކާރުން އައްޔަނު ކުރާ ފުރަތަމަ ކެބިނެޓަށް ކޮންމެހެން ވެސް ރުހުން ދޭން ޖެހޭނެކަމަށް ބައެއް ބޭފުޅުން ވަކާލާތުކޮށް ސަރުކާރުން ވެސް އެ ނުކުތާ ނަންގަވާތީވެ އެއަށް ފާޑުވިދާޅުވެފަ އެވެ.

މިއީ ކޮންމެހެން ތަތްގަނޑެއް ޖަހާލާފައި ކުރަން ޖެހޭކަމެއް ނޫން.. އެހެން ނޫންނަމަ ގާނޫނުއަސާސީގައި އެގޮތަށް ލިޔެފައި ނޯންނާނެ…

ވަޒީރުންނަށް ރުހުން ނުދޭން ނިންމަނީ، ކޮން ސަބަބަކާއި ހުރެކަން ކޮންމެ މެމްބަރަކު ބަޔާންކޮށް އެ މެމްބަރެއްގެ ސަބަބު ދޭން ވެސް ނުޖެހޭކަމަށް ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަބަބު ބަޔާން ކުރާނީ މަގާމުން ވަކިކުރާއިރު ކަމަށެވެ. އަދި ގާނޫނުގައި އެގޮތަށް ބަޔާން ކުރަނީ ވަކި ސަބަބެއް އޮވެގެންކަމަށް ހަސަން ތަކުރާރު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބަދަލެއް ގެނެސްގެން.. އެ ގަވައިދުގެ ދަށުން ކުރާ ކަންކަން ކޮންޓެސްޓު ކުރުމަށް ރުހުމެއް ނެތް ވަޒީރެއް ވަޑައިގަންނަވަނީ މި ކޯޓަށް..

މީގެއިތުރުން ހަސަން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބޭ ބައެއްގެ ޒިންމާއަކީ، ރަނގަޅު ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ. ގާނޫނުގެ އެއްވެސް މާއްދާއަކީ، މާނައެއް ނެތް އަކުރުތަކެއްކަމަށް ނުބުނެވޭނެކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި މިހާރު ހިނގަމުން ދާ ކަންކަމުން ރައީސުލްޖުމްހޫރިއްޔާ ގާނޫނަށް އެއްވެސް އިހުތިރާމެއް ނުކުރައްވާކަން އެނގޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުން ވެސް އެނގޭ ކަމަކީ ރުހުން ލިބެން ދެން މަސައްކަތުގެ ސައްހަކަން ދެމިއޮތުންކަމަށާއި، އެކަމަކު ރުހުން ނުލިބޭ ހިސާބުން އެކަން ދެމި ނޯންނާނެކަމަށް ހަސަން ވިދާޅުވި އެވެ.

ދައުލަތަކީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް މަސައްކަތްކޮށް އޮޕަރޭޓު ކުރާތަނަކަށް ވެގެން ނުވާނެކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: