ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް ޑިމޮކްރެޓްސްއިން މަޖިލީހަށް މައްސަލަ ހުށައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ ވަގުތު މަޖިލީހުގެ ގޯތި ތެރެއަށް އެއްޗެހި އުކާފައިވާތީ ފުލުހުން އެބޭފުޅުންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށްފައި ވޭތޯ ބެލުމަށްޓަކައި ޑިމޮކްރެޓްސް އިން މަޖިލީހުގެ ސަލާމަތީ ކަންތައްތަކާއި ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައިފިއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭ މައްސަލައިގައި މިއަދު މަޖިލީސް ބޭރުގައި ސަރުކާރު ނިސްބަތްވާ ޕާޓިން ވަނީ އިހުތިޖާޖުކޮށް ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލާފައެވެ. އެ އިހުތިޖާޖުގައި ސަރުކާރުގެ ބައެއް ބޭފުޅުންގެ އިތުރުން ޕާޓީއަށް ނިސްބަތްވާ ލީޑަރޝިޕްގެ ބޭފުޅުންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މައްސަލަ ހޫނުވެ މަޖިލީހުގެތެރެއަށް އެކި އެއްޗެސް އުކާފައިވާވާތީ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ރައީސްއަށް ސިޓީ އެއް ފޮނުވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީގެ ގެއާއި، އެ ގޭގެ ގޯތި ތެރެއާއި، މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާން ވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތަކުންކަމަށް ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީގައި މިފަދައިން ބަޔާންކޮށްފައިވާއިރު މަޖިލީގެ ކައިރީގައި މުޒާހަރާކުރަމުން ދިޔަ މުޒާހަރާގެ ބައިވެރިން މަޖިލީހުގެ ގޭގެ ވަށާ ފާރު މައްޗަށް އަރައި ގޯތި ތެރެއަށް އެއްޗެސް އުކާފައިވާކަމަށް އެ ޕާޓިން ވަނީ ބުނެފައެވެ. އެހެންކަމުން އެމް.އެން.ޑީ.އެފް އާއި އަދި ދިވެހި ފުލުހުންގެ ހިދުމަތުން އެފަރާތަށް ގާނޫނު އާސާސީން މަތިކޮށްފައިވާ ޒިންމާ އަދާކޮށްފައި ވޭތޯ ބެލުމަށް ސަލާމަތީ ކަންތައްތަކާއި ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމާ އެކުގައި ސަރުކާރަށް ތާއީދު ކުރާ މީހުން ދަނީ މަޖިލިސް ކުރާ ގޭ ކައިރީގައި މިރޭ ވެސް މުޒާހަރާ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: