ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރީ ގާނުނުއަސާސީއަށް ގޮންޖެހުމަށް ފަހު: އީވާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދަގޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް މަޖިލީހުން ނިންމުމުން، އެ ބޮލާލައި ޖަހައި ގާނޫނުއަސާސީއަށް ރައީސުލްޖުމްހޫރިއްޔާ ގޮންޖެހުން ބަލައިނުގަނެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން މިދިޔަ މަހުގެ 29 ގައި ޖަލްސާއެއް ބާއްވައި ހޯމަ ދުވަހު ވަޒީރުންނާއި މެދު ވޯޓަށް އެހުމުން، އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުން ނިންމި ގޮތަށް ފާސް ވީ ތިން ވަޒީރަކަށް ރުހުން ނެތް ކަމަށެވެ. އެއީ ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރުކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދުގެ އިތުރުން ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމަށެވެ. އެމްޑީޕީން ނެރުނު ވިޕާއި ހަތަރު މެމްބަރަކު ހިލާފުވެ، އިކޮނޮމިކް މިނިސްޓަރުކަމަށް މުހައްމަދު ސައީދަށް ވޯޓު ދިނުމުން އޭނާއަށް ރުހުން އޮތްކަމަށް ވަނީ ފާސްވެފަ އެވެ.

ވަޒީރުންނަށް ރުހުން ނުދިނީ، ޒާތީ ގޮތުން ޖައްސާލައި ސަރުކާރުގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުންކަމަށް ތުހުމަތުތައް ކުރިނަމަވެސް އެކަން އެމްޑީޕީއާއި ޑިމޮކްރެޓްސް ދޮގުކުރެ އެވެ. އަދި ބުނެފައި ވަނީ ތިން ވަޒީރުންނަށް ވެސް ރުހުން ނުދިނީ ޕާލިމަންޓު ގުރޫޕުގައި ކުރި މަޝްވަރާތަކަށް ފަހު މެމްބަރުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ފަހުކަމަށެވެ.

މަޖިލީހުން އެގޮތަށް ފާސްކުރިތާ، ހަތަރު ވަރަކަށް ގަޑިއިރު ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަލުން އެބޭފުޅުންތައް މަގާމަށް އައްޔަނު ކުރައްވާފަ އެވެ.

މި މައްސަލަ ގަރާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އީވާ ވިދާޅުވީ، ސަރުކާރަށް ބޭނުންވާހާ ގޮތަކަށް ގާނޫނުއަސާސީއަށް ގޮންޖެހުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ވަޒީރުންގެ ތެރެއިން ތިން ބޭފުޅަކަށް ރުހުން ނުދިނީ އޭގައި ސަބަބުތަކެއް އޮވެގެންކަމަށާއި، އެކަމުގައި ނުރުހުން ވެ ސަރުކާރަށް ރުހުން ދޭން މަޖުބޫރު ނުކުރެވޭނެކަމަށް އީވާ ވިދާޅުވި އެވެ. އެ ނިންމުމާއި އެއް ބާރަކުން ދެކޮޅު ހެދުމަށް ފަހު އަލުން އެ ވަޒީރުން މަގާމުތަކަށް އައްޔަނުކޮށް ނަންތައް ފޮނުވުމަކީ އެއީ ކުރެވޭނެކަމެއް ނޫންކަމަށް އީވާ ވިދާޅުވި އެވެ.

 ރައްޔިތުންގެ މަޖިލީހަށް ރުހުން ނުދިނީމާ.. އެ ޑިސްރިގާޑު ކުރުން ނުވަތަ ބޮލާލާޖެހުން އެއީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރާއި އަދި ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ 129 ވަނަ މާއްދާ ބޮލާލާ ޖެހުން، ޑިސްރިގާޑު ކުރުން.. އެހެންވީމާ ގާނޫނުއަސާސީ ވެސް ބޮލާލާ ޖެހުން

އީވާ ވިދާޅުވީ މިކަމުގައި ރިއާޔަތް ކުރެވޭނެ ސުޕްރީމް ކޯޓުގެ ހުކުމެއް ވެސް އެބައޮތްކަމަށާއި އެ ހުކުމުން ވެސް ސާފުކޮށް އެނގެން އޮތީ ރުހުން ނެތް ވަޒީރެއް މަގާމުގައި ދެމި ނުހުރުން ކަމަށެވެ. އަދި އެ ބަޔަކު މަގާމުގައި ދެމި ނުތިބުމަކީ، އެއީ ސުޕްރީމް ކޯޓުގެ ހުކުމުން ވަރަށް ސާފުކޮށް އެނގެން އޮތްކަމެއްކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުގެ އަރައިގަތުމަކީ، މުޅި ނިޒާމަށް ލޮޅުން އަރުވާލުން ކަމަށެވެ. އަދި އެކަން މުޅި ޑިމޮކްރެޓިކް ނިޒާމުގެ ބެސްޓް ޕްރެކްޓިސްއާ ހިލާފުކަމަށް އީވާ ވިދާޅުވި އެވެ.

ނޫނުއަސާސީގެ 129 ވަނަ މާއްދާގައި، ވާގޮތުން ވަޒީރުންގެ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކާއި ވުޒާރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރާ ވަޒީރުންނާއި ބަންޑާރަ ނައިބުގެ މައްޗަށެވެ. އަދި އެ މާއްދާގެ (ނ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރާ މެމްބަރުން އެ މަޖިލީހަށް އައްޔަނު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ވާނެކަމަށެވެ. އެ މާއްދާގެ (ރ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރާ މީހުންގެ ނަންތައް އެ މީހުން އައްޔަނު ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅަންވާނެކަމަށް ވެސް އެވެ،

ގާނޫނުއަސާސީގެ މި މާއްދާއަށް ބަލާއިރު، ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވާ ވަޒީރުންނަށް ވާން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: