ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ސަރުކާރުގެ ދަރަނި ބޮޑުވީ، ކޮވިޑް ހާލަތުގައި ރައްޔިތުންނަށްޓަކާއި ކުރި މަސައްކަތުން: އަބްދުﷲ ވަހީދު

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްﷲ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ތަކެތީގެ އަގުބޮޑުވި އިރުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިސްނީ ރައްޔިތުންގެ ހާލަތު ބަދަލު ކުރުމަށް ކަމަށާއި، ރައީސް ސޯލިހުގެ ސަރުކާރުގެ ދަރަނި ބޮޑުވީ، ކޮވިޑް ހާލަތުގައި ރައްޔިތުންނަށްޓަކާއި ކުރި މަސައްކަތުން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ވަހީދު ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާ މުޅި ދުނިޔެއަށް ފެތުރި ބޮޑުވަމުން ދިޔައިރުވެސް އާންމުންނަށް ފޯރުކޮށްދެމުން ގެންދިޔަ އެއްވެސް ކަމެއް އޭރުގެ ސަރުކާރުން އުނިވިޔަނުދީ ކުރިއަށް ގެންދިޔަކަމަށެވެ. އެގޮތުން ރައްޔިތުންނަށްޓަކާއި ކުރަންހުރި ކަންތައްތައް ކުރުމުގައި ރައިސް ސޯލިހުގެ ސަރުކާރު ދެމި އޮތް ކަމަށެވެ. އެހެންކަމުން އެކަމަށްޓަކާއި ދަރަންޏަށް ވެސް ގައުމުތަކުން ލޯނުތައް ނަގަންޖެހުނު ކަމަށެވެ. އެކަން އެމަގުކުރިއަށް ނުދިޔަނަމަ މިއަދު މި ގައުމު އަމާން ހާލަތުގައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ކުރިއަށްގެންދެވުނު މަރުހަލާގައި މަޖިލީހުގައި ވާހަކަދައްކަވަމުން ވަހީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ދައުލަތުގެ ދަރަނި ވަނީ 129 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި ކަމާއި ގުޅޭގޮތުން މީގެ ކުރިން ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ މިއީ ބޮޑު އަދަދެއް ކަމަށާއި، މި ކަމުން ރާއްޖެ އަރައުގަތުމަށް ދުވަސްތަކެއް ނަގާނެ ކަމަށެވެ. އަދި ބަޖެޓް އެކުލެވުމުގައި ގޮންޖެހުންތައް ވެސް އެބަހުރި ކަމަށެވެ.

ވަހީދު ފާހަގަ ކުރެއްވީ ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް އޭރުގެ ސަރުކާރުން ވިސްނި ކަމަށާއި، ރައްޔިތުންނަށްޓަކާއި ސަރުކާރު އޮޮތީ ރައްޔިތުންނަށް ހިދުމަތްތައް ފޯރު ކޮށްދިނުމުގެ އަޒުމުގައި ކަމަށެވެ. އޭރު ސަރުކާރުން ކުރި ކަންތައްތަކަކީ ގައުމު ހާލަތު ގޯހުން ގޯހަށް ބަދަލު ކުރުން ކަމަށް ވާހަކަ ދައްކާމީހުން ވާހަކަ ދައްކުމުގެ ބަދަލުގައި އޭރުގެ ހާލަތަށް ވިސްނަން ޖެހޭ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

މިފަދަ ގޮތަކަށް ހާލަތަށް  ނުވިސްނާ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްވެސް ނޫން ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: