ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ޕެޓިޝަނަކީ ގައުމީ މަޖިލީހުގެ ވޯޓު ހޯދަން ކުރާ ކަމެއް: މޫސަ

އެމްޑީޕީހގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވޯޓު ހޯދަން ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތްވެސް ވަނީ ފާށަފައެވެ. މި ޕެޓިޝަންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ މަޖިލިސް މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ)އެވެ.

މިކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީއޭ ކިޔައގެން އޮޅުވާ ނުލެވޭނެ ކަމަށާއި ބަރުލަމާނީ ޕެޓިޝަނަކީ އެމްޑީޕީގެ ގައުމީ މަޖްލީހުގެ މެމަބަރުން އިންތިޚާބުކުރާ ވޯޓުލާ މީހުނަށް ވަކިމަންޒަރެއް ދައްކަން ކުރާ ކަމެއް ކަމަށެވެ.

”ތިޔަ ޕެޓިޝަނެއްގަ ސޮއެ ނުކުރިޔަސް އާބާދީގެ ބޮޑުއަދަދެއްގެ ސޮއެ ތީގަ އޮންނާނެ، ތިކަން ހިނގާނެގޮތް އެނގޭ.” މޫސަ ވިދާޅުވިއެވެ.

އެމްޑީޕީ ގައުމީ މަޖިލީޙުގެ އިންތިހާބުގައި ތާއީދުކުރާނީ ބަރުކަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގައި ރައިސް ނަޝިދަށް ތާއީދުކުރާ ފަރާތްތަކުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގޮވާލަމުން އަންނައިރު ރައީސް ސޯލިހް މިކަމާ ގުޅޭގޮތުން މީގެ ކުރިން ބުނެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ނިންމުމަކީ ރައްޔިތުން މީގެ ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ދެންވެސް އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނަމަ ނިންމަންޖެހޭނީ ރައްޔިތުން ކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: