ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގެ އަޑުއެހުން ސިއްރު!

ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާން—
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ އަަދި ޖިސްމާނީ އަނިޔާ ދިނުމަށްފަހު މަރާލި މައްސަލައިގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ ޝަރީއަތް ސިއްރުކޮށްފި އެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވާ 13 ދައުވާއެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ މިއަދުގެ 11:00 އަށެވެ. މިއަދު ކުރިޔަށް ގެންދިޔައީ މައްސަލައިގެ އިބްތިދާއީ މަރުހަލާ އެވެ. އަދި އެ އަޑުއެހުމާއި، މައްސަލައިގެ ހުރިހާ ޝަރީއަތެއް ވެސް ކުރިޔަށް ގެންދާނީ އާއްމުންނާއި މީޑިއާތަކަށް ނުވަދެވޭހެންކަމަށް ކްރިމިނަލް ކޯޓުން ވަނީ އަންގާފަ އެވެ.

ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތައް އާއްމުކޮށް ކުރިޔަށް ގެންދާނީ ސިއްރުންނެވެ. ގާނޫނު އަސާސީ ބުނާގޮތުން އަނިޔާ ލިބޭ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ޝަރީއަތްތައް ސިއްރު ކުރެވިދާނެ އެވެ. އެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލައް ކުރިޔަށް ގެންދަނީ ސިއްރުންނެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތަކާއި، އާއިލީ އެކި މަސްލަހަތު ހިމެނޭ މައްސަލަތަގެ ޝަރީއަތްތައް ވެސް ކުރިޔަށް ގެންދާނީ ސިއްރުކޮށްގެންނެވެ.

ޒިހާންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޖިންސީ ގޯނާގެ ފަސް ދައުވާއެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ނިޔަތެއް އޮޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ފަސް ދައުވާ އަކާއި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ ކުށުގެ ތިން ދައުވާ އަކާއި މަސްތުވާއެއްޗެއް ދީގެން ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކަށް ޖިިންސީ ގޯނާ ކުރުމަށްޓަކައި ގްރޫމް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ ޒިހާންގެ މައްޗަށް 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޒިހާން މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

މިދިޔަ ޖޫން މަހުގެ 13 ގައި ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އަދި ކުއްޖާ ފެނުނުއިރު އޮތީ، އޮތީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދުގައި ފޮއްޓަކަށް ލައި މަރާލައިފަ އެވެ. އެހެންވެ ކުއްޖާގެ ޕޯސްޓްމޯޓަމް ވެސް ހެދި އެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް މީޑިއާއާއި ހިއްސާއެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: