ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

243 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ މިއަދު އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އޭވިއޭޝަން ކޮމާންޑާއި ގުޅިގެން ކުރި މަސައްކަތުން 14 ފޮށީގައި ބަންދުކޮށްފައިވާ 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފައިވާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރު ކުރަން އުޅުނީ ލޮނު މަހުގެ ގޮތުގައި ކަމަށް ބުނެ އޮޅުވާލައިގެން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް ވަނީ އަތުލައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: