ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލެއްފަހި ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެފަހު ޝިޕްމަންޓް ގެނެސްފި

ށ.ބިލެއއްފަހި ބަނދަރުގެ ސަރަހައްދު
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށު ބަނދަރަށް ބޭނުންވާ ކޮންކްރީޓު ގަލުގެ އެންމެ ފަހު ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިތަށް ގެންދެވިފައިކަމަށް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ )އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 24،125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުންވެސް މިމަސައްކަތުގެ ދަށުން ކުރެވިގެންދާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

1980 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްގެންދާ އެމްޓީސީސީއަކީ ރާއްޖޭގައި ޓްރާންސްޕޯޓް އަދި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރަން އުފެދުނު ފުރަތަމަ ޕަބްލިކް ކުންފުންޏެވެ. އަދި އެކުންފުނިން ދަނީ ސަރުކާރުގެ ބިޔަ މަޝްރޫއުތަކެއްގެ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: