ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮމުގެ ހަމަލާގެ މައްސަލައިގައި ބަޔާން ދެއްވަން ރައީސް ނަޝީދު ތައްޔާރު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މޭއި މަހުގެ 06 ގައި އައިއީޑީއެއް ގޮއްވާލައި ޓެރަރިސްޓު ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މީހުންގެ ޝަރީއަތްތައް ކޯޓުގައި ފެށުމުގެ ކުރިން ބަޔާން ނަގައި ނިންމާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން، ހަމަލާގެ މައްސަލައިގައި ބައެއް މީހުންގެ މައްސަލަތައް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. އަދި އިތުރު މީހުންގެ ޝަރީއަތައް ދަނީ ކުރިއަށެވެ. އެހެންވެ، މައްސަލައިގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް މުހިންމުވާކަމަށް ޕީޖީ ހުސެއިން ޝަމީމެވެ.

މައްސަލައިގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުކަން ކުރައްވާ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ޕީޖީ ޝަމީމަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވީ ހަމަލާއާ ގުޅޭގޮތުން ބަޔާން ދެއްވަން ރައީސް ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށެވެ، އެހެންކަމުން ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން އެކަން ފުރިހަމަ ކުރުމަށް ރައީސް ނަޝީދު އެދޭކަމަށް ސިޓީގައި ވެއެވެ.

ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން އެ ބަޔާން ނެންގެވުމަށް ނަޝީދު އެދިވަޑައިގަންނަވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.

ރައީސް ނަޝީދު އަވަހާރަށްކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ފުލުހުން 10 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ދައުވާކޮށްދޭން އެދި ފޮނުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ.  މައްސަލައިގައި ދައުވާ އުފަލަން ޕީޖީ އޮފީހުން ނިންމީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަދަނޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: