ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ތިންލައްކައިން މަތީގައި!

ރާއްޖޭގައި ވެކްސިން އާއި ދެކޮޅަށް މަސައްކަތް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ދިފާޢުވުމަށްޓަކައި ޖަހާ ވެކްސިން މުޅިއަކު 302،512 މީހަކު ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި މީހުންގެ ތެރޭގައި 384،444 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި އިތުރު 824 މީހެއް އިއްޔެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. މުޅިއަކު 302،512 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު އިއްޔެ 330 މީހަކު ވަަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި 3 ވައްތަރެއްގެ ވެކްސިނެއް ޖަހާއިރު، މީގެ ތެރޭގައި ހިމެނެނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އަދި ދަރުވަރުންނަށް ވެކްސިން ދިނުން ކުރިއަށްދާއިރު، މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 30،000 ވުރެ ގިނަ ދަރިވަރުން ޖަހާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދަރިވަރުންނަށް ވެކްސިން ދިނުމުގައި ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމަށް ކަމަށް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: