ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފަށް، ވެރިކަން ކުރާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުން އެ މަޖިލީހުން މައްސަލަ ބަލަން ފަށައިފިއެވެ.
އެމްޑީޕީން މަހުލޫފަށް ފޮނުއްވި ސިޓީއެއްގައި ބުނީ އެ މައްސަލަ ބެލުމަށް ރޭ 8:30 ގައި މަޖިލީހެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. އަދި ބޭނުންވާނަމަ ގާނޫނީ ވަކީލެއް ވެސް ގެނެވިދާނެ ކަމަށް ބުނެފައިވެއެވެ.
މަޙްލޫފް އެމްޑީޕީގެ އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާފައިވާ، މިދިޔަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އެ އިންތިހާބުގައި މަހުލޫފް ކުރިމަތި ލައްވާފައިވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

