ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީގެ ރައީސް ކަމަށް ކާނަލް ނާޒިމް ހޮވިއްޖެ

ކާނަލް ނާޒިމް— ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސްކަމުގެ މަގާމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ހޮވިއްޖެއެވެ.

އެމްއެންޕީ އުފެއްދުމަށް އަންނަ ހުކުރު ދުވަހު ބާއްވާ ބައްދަލުވުމުގައި އިންތިހާބުކުރުމަށްޓަކައި ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލުގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ އިއްޔެ އަށް ހަމަވެފައެވެ. އެގޮތުން ޕާޓީގެ ރައީސް ކަމަށް ކާނަލް މުހައްމަދު ނާޒިމް ވޯޓަކާ ނުލައި ހޮވިފައި ވަނީ އެ މަގާމަށް އެހެން މީހަކު ކުރިމަތި ނުލާތީ އެވެ.

އެމްއެންޕީގެ ވަގުތީ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ ޕާޓީގެ ރައީސްގެ މަގާމާއި ނާއިބު ރައީސުންގެ މަގާމަށް ހަ ބޭފުޅަކު އަންހެނުންގެ ވިންގުގެ ލީޑަރު އަދި ޒުވާނުންގެ ވިންގުގެ ލީޑަރުގެ އިތުރުން ކައުންސިލަށް 21 މެންބަރުންނެވެ. ނާއިބު ރައީސުންގެ އެއް މަގާމު ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އަދި ކައުންސިލްގެ ހަތް ގޮޑިވެސް ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

އެމްއެންޕީ އުފައްދަން އިއުލާންކުރިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 މީހުން ހޯދައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: