ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޑުގުޑާ ދޫނިތައް ހިފައި ރިސޯޓުތަަކަށް ވިއްކާލަން މަސައްކަތް ކުރަނީ!

ރާއްޖެއަށް ދަތުރުކުރި ފްލެމިންގޯތަކެއް/ (ކ) ފޮޓޯ: ޖައު ފޮޓޯސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަރ ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނިތަކުގެ އައިނެއް ރާއްޖެއަށް، ދަތުރު ކުރުމުން އެ ދޫނިތައް ހިފައި ރިސޯޓުތަކަށް ވިއްކާލުމުގެ މަސައްކަތް ކުރާކަމުގެ ރިޕޯޓު ވެސް ލިބެމުންދާކަމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓާރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެ އެވެ.

ގުޑުގުޑަ ދޫނިތަކަކީ އާއްމުކޮށް ރާއްޖެއަށް ޒިޔާރަތް ނުކުރާ ދޫނިތަކެކެވެ. ރާއްޖޭގެ މޯސުން ގޯސް ވުމާއި ގުޅިގެން ޒިޔާރަތް ކޮށްފައިވާ މި ދޫނިތަކުގެ އިތުރުން އާއްމުކޮށް ރާއްޖެ ނާންނަ އިތުރު ދޫނިތަކެއް ޒިޔާރަތް ކޮށްފައިވެއެވެ.

މި ދޫނިތަކަކީ ދަތުރު ކުރާ ދޫނިތަކަށް ވުމާއިއެކު ރާއްޖެއަށް ކުރިމަތި ވަމުން ދާ މޫސުމީ ބަދަލުތަކުގެ ސަބަބުން ޒިޔާރަތް ކުރި ދޫނިތަކެއް ކަމުގައި ބެލެވެއެވެ. ދޫނިތަކުގެ ސަލާމަތަށްޓަކައި އައިނެއްގެ ގޮތުގައި ދަތުރުކުރާ މި ދޫނިތައް ރާއްޖޭގައި މަޑުކޮށްފައި ވަނީ އެ މީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި ކަމަށް ފާހަގަ ކުރެވެއެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރާއި ދިމާކޮށް ގިނަ ހިޖުރަ ކުރާ ދޫނިތަކެއް ރާއްޖެ ޒިޔާރަތް ކުރާ ކަމަށް ފާހަގަ ކޮށް އެންވަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރެފައިވާ ނޫސް ބަޔާނުގައި ވެސް ބުނީ މި ދޫނިތަކަކީ ހިމާޔަތް ކުރެވިފައިވާ ދޫނިތަކެއްކަމަށެވެ. މި މަހުގެ 09 ވަނަ ދުވަހު އެ އެޖެންސީއިން ނެރެފައިވާ ނޫސް ބަޔާނުގައި ހިމާޔަތް ކުރެވިފައިވާ ދޫނިތައް ހިފައި އަނިޔާ ކުރާކުރެވޭ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަން ފާހަގަ ކޮށް އެކަމަށް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

“ސަންގު ޓީވީ” އަށް މައުލޫމާތު ދެމުން ނައީމު ވިދާޅުވީ ގުޑުގުޑާ ދޫނިތައް ހިފައި އެ ވިއްކާލަން މަސައްކަތް ކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށާއި، މިކަމުގެ އަދަބެއްގެ ގޮތުގައި ބޮޑު ފައިސާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އަމަލެއްކަމަށް ނައީމް ވިދާޅުވި އެވެ.

މީޑިއާތަކުގައި އާއްމުވެފައިވާ ފަދައިން ގުޑުގުޑާ ދޫނިތަކުގެ ފިޔަތައް ކޮށާލައި ދޫނިތައް ހިފައި ގޯނާކުރުމުގެ އަމަލުތައް އާއްމުންގެ ފަރާތުން ފެންނަމުންދާ އިރު މިއީ އެއްވެސް ގޮތަކަށް އެދެވިގެންވާ ކަމެއް ނޫން ކަމަށް ނައީމު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެ ތިރިކުރާ މި ދޫނިތަކުގެ ފިޔަ ކޮށާލައި ރިސޯޓުތަކަށް ވިއްކާލުމަށް އިންތިޒާމް ހަމަޖައްސައި ބޮޑު އަގެއްގައި ވިއްކާލުމަށް މަސައްކަތް ކޮށްފައިވާކަމުގެ މައުލޫމާތު އީޕީއޭ އަށް ލިބިފައިވާ ކަމަށް ނައީމު ވިދާޅުވިއެވެ. އެނގިފައިވާ ގޮތުން ރިސޯޓުތަކަށް ގުޑުގުޑާ ދޫނި ވިއްކަލަން މަސައްކަތް ކުރަނީ 40،000 ރުފިޔާއިން މަތީގެ އަގަކަށެވެ.

ނައީމް ވަނީ މިއީ ގާނޫނާއި ހިލާފު ކަމަކަށް ވުމާއި އެކު، ފުލުހުންގެ އެހީތެރިކަމާއި އެކު އީޕީއޭ އިން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސް، އަމަލު ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދީފައެވެ.

ގުޑުގުޑާ ދޫނީގެ އިތުރުން އެހެނިހެން ހިޖުރަކުރާ ދޫނިތައް ރާއްޖެ ތިރިކުރަމުން އަންނަ އިރު، މި ޑުނިތަކަށް ގޮނާ ނުކުރުމަސް އީޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާތަނަށް ގުޑުގުޑާ ދޫނިތަކުގެ މައްސަލަތަށް ރިޕޯޓު ކުރެވި އެއްވެސް ފަރާތަކަށް ފިޔަވޅު އަޅާފައިވާތޯ “ސަންގު” އިން ސުވާލުކުރުމުން އީޕީއޭއިން ޖަވާބެއް ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 23%ވަރަށް ގަޔާވޭ 31%ބޮޑު ޖޯކެއް 15%ހައިރާންވެއްޖެ 8%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: