ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަގިރި ފަރަށް އެރި ބޯޓެއް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކުޑަގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަގިރި ފަރަށް އެރި ބޯޓެއް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާއިން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފިއެވ.ެ

31 ޖެނުއަރީ 2023 ގައި ކ އަތޮޅު ތިލަފުށީ ކުޑަގިރިއަށް އޭމް އެމްއެސްވީ، މަރިއާ ސިންތަޔަތިރައި ރިޔަނާ ނަމަކަށް ކިޔާ ބޯޓެއް އަރާފައިވާތީ އީޕީއޭއިން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ މި ބޯޓު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައްބެލުމަށް ބޯޓުގެ ވެރިފަރާތުން ސާރވޭކޮށް ސާރވޭ ރިޕޯޓް އެ އޭޖެންސީ އާއި ހިއްސާކޮށްފައިވާކަމަށެވެ. އަދި އެ އޭޖެންސީގެ ފަރާތުންވެސް ސާރވޭއެއްކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އީޕީއޭއިން ބުނެފައިވާ ގޮތުގައި އެ ބޯޓު ކުޑަގިރި ފަރަށް އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ފަށުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 3،098،710،00 (ތިން މިލިއަން ނުވަދިހަ އަށްހާސް ހަތް ސަތޭކަ ދިހައެއް) އެ އުޅަނދު ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވެއެވެ. މި އެންގުން އަންގާފައިވަނީ 28 ފެބުރުއަރީގައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: