ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ އެއްގަމާއި މޫދު ކޮނެ، ވެލި އެޅި މައްސަލަ: އައްޑޫ ކައުންސިލަށް 30 މިލިއަންގެ ޖޫރިމަނާއެއް!

އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައި ތަރައްޤީ ކުރާ ޕިކްނިކް ޒޯނުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އިރު މޭޔަރ ޢަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރ ޝުޢާއު/ ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ހިތަދޫގެ ރުއްޖެހެރަ ސަރަހައްދުން ގިނަ އަދެދެއްގެ ރުއްގަސް ކަނޑައި އެ ސަރައްހަދުގައި ފެންގަނޑެއް ކޮނުނު މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެންވައިރޮމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

އައްޑޫ ހިތަދޫ ކޮނިކޮޅު ދެކުނު އޮތް ސަރަހައްދުގެ އެއްގަމާއި، މޫދު ކޮނެ ހޭޅުފަށުން ގަސްތައް ނެގައި އެހިސާބުގެ އާނުގަނޑު ނަގައި ހަލާކުކޮށްލި މައްސަލައެއް އީޕީއޭއިން ބަލަން ފެށީ އަމިއްލަ އިސްނެގުމަށެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފެންމަތިވި އެ މައްސަލައިގައި އައްޑޫ މޭޔަރު އަލީ ނިޒާރަށް އެޑްރެސް ކުރައްވައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވަނީ މަސައްކަތުގެ ތަފްސީލާއި، އެކަން ކުރި ތާރީހު އަދި މަސައްކަތުގައި އިސްކޮށް ޝާމިލުވާ މީހުންގެ ތަފްސީލު ދޭން އަންގާފަ އެވެ.

މައްސަލަ ފެންމަތިވުމުން ނިޒާރު ވިދާޅުވެފައި ވަނީ، މަސައްކަތް ކުރިޔަށް ގެންދިއުމަށް އީޕީއޭގެ ހުއްދަ ނުނެގީ އެ ސަރަހައްދުގައި ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކަކީ އެފަދަ ހުއްދައެއް ބޭނުންވާވަރުގެ މަސައްކަތެއް ކަމަށް ފާހަގަ ނުކުރެވޭތީ ކަމަށެވެ.

މައްސަލައިގައި ބަޔާނެއް އާއްމުކޮށް އީޕީއޭއިން ބުނީ ރުއްޖެހެރަ ސަރަހައްދުން ގަވައިދާއި ހިލާފަށް ރުއްގަސް ކެނޑުމާއި ފެންގަނޑެއް ކޮނުނުކަމުގެ ޝަކުވާތައް ލިބި އެކަން ބެލިއިރު 17،000 އަކަ މީޓަރުގެ ބިން ސާފުކޮށް، އެ ސަރަހައްދުން 1،700 ކޮޑިމީޓަރުގެ ވެލި ނަގައި ހިތެއްގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާ ކަމަށެވެ.

އެހެންވެ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ބަދަލު ނެގުމުގެ ގަވައިދުގެ ދަށުން، އައްޑޫ ކައުންސިލް 30.8 މިލިއަން ޑޮލަރު ޖުރިމަނާ ކުރުމަށް ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ. އީޕީއޭއިން ބުނީ އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކަކީ އެފަދަ ހުއްދައެއް ބޭނުންވާވަރުގެ މަސައްކަތެއް ނޫންކަމަށް ކައުންސިލުން ބުނެފައިވާތީ ނައީމް ވިދާޅުވީ ތިމާވެށީގެ ކަންކަމުގައި ހުއްދަ ބޭނުންވޭތޯ ނުވަތަނޫންތޯ ނިންމާނީ ކައުންސިލުން ނޫންކަމަށާއި އެފަދަ މަސައްކަތްތަކެއް ކުރާއިރު ކަންކުރަންވީ ގޮތާއި ހުއްދަ ހޯދަންޖެހޭ ގޮތް ލިޔެފައިވާނެކަަމަށެވެ. އަދި އީޕީއޭއަށް މިކަންތައްތައް މިގޮތަށް ހުށައެޅުމުން ގަވާއިދުގެ ދަށުން ކަން ކުރައްވާނީ އީޕީއޭއިންކަމުގައި ނައީމް ފާހަގަ ކުރައްވި އެވެ. އަދި އެއްވެސް އޮޅުމެއް އޮތްނަމަ އެންމެ ރަނގަޅު ގޮތުގައި ސުވާލުކޮށް ސާފު ކުރުންކަމަށް ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ހިތަދޫ ގޮނޑުދޮށް ސަރަހައްދުން ހަލާކު ކުރިކަމަށް ބުނާ ސަރަހައްދަށް އީޕީއޭއިން ގޮސް ބެލުމުން ފެނިގެން ދިޔައީ ބިމާއި މޫދު ކޮނެ، ޕޮންޑް ހަދައި، ރުއްގަސް ކެނޑުމުގެ އިތުރުން އާނުގަނޑު ނަގާފައި ހުރި ތަން ކަމަށެވެ. ނައީމް ވިދާޅުވީ މިކަމާއި މެދު ފިޔަޅެއް އަޅުންވާނެކަން ނުވަތަ ނޫންކަން އެގިގެންދާނީ މައްސަލަ ބައްލަވާ ނިންމެވުމަށްފަހު ކަމަށެވެ.

މަޝްރޫއުތައް ހިންގުމާއި، ބައެއް މަސައްކަތްތައް ކުރުމުގައި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމުގެ ސަބަބުން ކުންފުނިތަކާއި އެކި އިދާރާތައް ޖުރިމަނާ ދައްކަން ޖެހިފައި އެބަހުއްޓެވެ. އެހެން ނަމަވެސް، މިއީ މިފަދަ މައްސަލައެއްގައި ދައުލަތުގެ އިދާރާއެއް މިހާ ބޮޑު އަދަދަކުން ޖުރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: