ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ފެނުގެ ހިދުމަތް މެދުކެނޑުނީ ތާވަލުކޮށްގެން ކުރަންޖެހޭ މަރާމާތުތައް ނުކުރާތީ: ފެނަކަ

އައްޑުއަށް ސްޕްލައި ފެނުގެ ހިދުމަތް އަލުން ދިނުމުގެ މަސައްކަތް ފެނަކަ އިން ކުރަނީ.--ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނުގެ ހިދުމަތް ކެނޑިފައިވާ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް މިރޭގެ ވަގުތެއްގައި ފެނުގެ ހިދުމަތް އަލުން ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފެނަކައިން ބުނެފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެއާއި އެކީ އައްޑޫގެ ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ފެނަކައިން މީގެ ކުރިން ބުނީ، ފެނުގެ ހިދުމަތް ކެނޑިފައިވަނީ އާރުއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް އިއްޔެ ވަނީ ބޭނުންވާ ސާމާނު ވެސް އައްޑޫއަށް ފޮނުވާފައެވެ. އެހެން ނަމަވެސް އެ ސާމާނުގައި މައްސަލަތަކެއް ހުރުމުން ކުރިން ލަފާކުރި ގަޑިއަށް ފެނު ނުދެވޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އައްޑޫއަށް ގެންދިޔަ ސާމާނުގައި މައްސަލަ ހުރުމުން، އާ ސާމާނުތައް މިވަގުތު ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަކެތި މިއަދު ގެންގޮސް، މިރޭގެ ވަގުތެއްގައި އައްޑޫގެ ރަށްތަކަށް ފެނުގެ ހިދުމަތް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

“ފުވައްމުލަކަށް އޮތް ފްލައިޓް މިހާރު ޑައިވާޓް ކޮށްފަ އައްޑޫއަށް މިފޮނުވަނީ އެތަކެއްޗާއެކު. އުންމީދު ކުރަނީ މިރޭގެ ވަގުތެއްގައި ފެނުގެ ހިދުމަތް ދެވޭނެ ކަމަށް” މުއާޒް ވިދާޅުވިއެވެ.

ފެނުގެ ހިދުމަތް ކެނޑިގެން ގިނަ ވަގުތު ފެން ލިބުމުގައ ދަތިތަކެއް ހުރުމުން އައްޑޫގެ ގިނަ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: