ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ދަރަނި 4.1 ބިލިއަން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ފެނަކައިގެ އެމްޑީ އަހްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ ޖުމުލަ ދަރަނި 4.1 ބިލިއަނަށް އަރާކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިގާލީ މަރުހަލާގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މުހައްމަދު ފިޒުރުލްވަނީ ފެނަކައިގެ މާލީ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެ ކުންފުނީގެ ޖުމުލަ ދަރަނި 4.1 ބިލިއަނަށް އަރާއިރު، އޭގެ ތެރެއިން 3.2 ބިލިއަނަކީ އެކި ސަޕްލަޔަރުންނަށާއި ވިޔަފާރިތަކަށް ދައްކަންޖެހޭ ދަރަނިކަމަށެވެ.

ފިޒުރުލް ވިދާޅުވީ، ފެނަކައިން ނަގާފައިވާ ލޯނުތަކުގެ ގޮތުގައި އަދާކުރަންޖެހިފައިވާ 901 މިލިއަން ރުފިޔާ ހުރިކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ދަރަނީގެ ތެރޭގައި ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަަނަ އަޅައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތައް ހުރިކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް 958 މިލިއަން ރުފިޔާ ދަރާފައިވާކަން ފާހަގަކުރެވޭކަމަށެވެ.

ފިރުޒުލް ވިދާޅުވީ ފެނަކައިން ވަކި ވަކި 1149 ވިޔަފާރިއަކަށް ދަރަނި އަދާކުރަންޖެހޭކަމަށެވެ. ޖުމުލަ އަދަދު ދައްކަންޖެހެނީ 1149 ބިލަކަށް ނޫންކަމަށާއި އެއީ 1149 ވެންޑާރއެއްކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިޒުރުލް ވިދާޅުވީ ފެނަކައިންވަނީ ދަރަނީގެ ހާލަތު ހުރި ގޮތަށް ހުރި އިރު ގިނަ އަދަދެއްގެ މުވައްޒިފުން ނަގާފައިކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ނިމުނު އިރު އެ ކުންފުނީގައި 2756 މުވައްޒިފުން ތިބިއިރު، މިހާރު 8126 މުވައްޒިފުން ތިބިކަމަަށެވެ. އަދި ކުރިން މުސާރައިގެ ގޮތުގައި ހަރަދުވަނީ މަހެއްގެ މައްޗަށް 23 މިލިއަން ނަމަވެސް މިހާރު 82 މިލިއަން ރުފިޔާ ހަރަދުވެގެންދާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރީގެ މަސައްކަތާއި މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު އެފިޝެންސީގައި މައްސަލަތަކެއް ހުރިކަމަށާއި އެއީ ކަންބޮޑުވުމެއްކަމަށެވެ.  ބިލު ކުރުން ފަދަ މަސައްކަތްތަކުގައި މިހާރު ބޮޑެތި ލުއިތައް ލިބިފައިވާއިރު، އެ މަސައްކަތްކުރުމަށް ތިބޭ މުވައްޒަފުން ހަތަކުން ސާޅީހަށް އިތުރުވެފައިވާކަމަށެވެ. އަދި 2023ވަނަ އަހަރުގެ މާޗު މަހުގެ ފަހުންވެސް އެ ކުންފުނިން 700 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި، ކުންފުނީގެ ބަޖެޓު ފާސްކުރުމުގެ އުސޫލުތަކާއި އެއްގޮތަށް އަމަލުނުކުރާކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ފެނަކައިން ފާސްކުރި ޖުމުލަ ބަޖެޓުގެ 1.6 ބިލިއަން ރުފިޔާއަކީ ދަރަނިކަމަށާއި 2023 ވަނަ އަހަރުގައިވެސް 960 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ވިދާޅުވިއެވެ. ފިޒުރުލް ވިދާޅުވީ، ދަރަނި ބޮޑުވެގެންދިއުމަކީ ދަރަންޏަކާއިއެކު ބަޖެޓު ފާސްކުރި އިރު އެ މައްސަލަ ހައްލުކުރުމަށް އެއްވެސް ކަމެއް ހިމަނާ ހުށައަޅާފައިނުވުމުގެ ނަތީޖާކަމަށެވެ.

ފިޒުރުލް ވަނީ ބައެއް އެހެނިހެން ކުންފުނިތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދެއްވާފައެވެ. އެގޮތުން ސްޓެލްކޯގެ ޖުމުލަ ދަރަނި 3.7 ބިލިއަނަށް އަރާކަން ފާހަގަ ކުރެއްވިއެވެ. އަދި 2018ގައި ކުންފުނީގައި ތިބީ 928 މުއައްޒިފުންކަމަށްވާއިރު، މިހާރު 1688 މުއައްޒިފުން ތިބިކަމަށެވެ.

ފިޒުރުލް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ދަރަނި ހުރީ 1.4 ބިލިއަންގައިކަމަށާއި ވެމްކޯގެ ދަރަނި 226 މިލިއަންގައި ހުރި އިރު، އެ ކުންފުންޏަކީ ކޮންމެ އަހަރަކު ސަރުކާރުން ހަރަދުކުރަންޖެހޭ ގެއްލުން ބޮޑުވަމުންދާ ކުންފުންޏެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: