ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޮކޮންޓެކްޓަރުނަށް ފައިސާ ނުދީންގެން ފެނަކަ ސައިދުގެ އިސްތިއުފާ ގޮވާ މުޒާހަރާ ކޮށްފި

ފެނަކަ ސައިދު އާއި ދެކޮޅަށް ކުރި މުޒާހަރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންޓެކްޓަރުނަށް ފައިސާ ނުދީންގެން ފެނަކަ ސައީދުއާއި ދެކޮޅަށް ފެނަކަ އިމާރާތުގެ ބޭރުގައި އޭނާގެ އިސްތިއުފާ ގޮވާ ޒުވާނުން ނުކުމެ މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ގޮވާފައިވަނި ވަޒީފާ ދޭ ފަރާތްތައް ބަގުރޫޓް ވެއްޖެ ކަމަށާއި، މުއައްޒަފުން ނިކަމެތި ވެއްޖެކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ސައީިދުވަނީ ހިޔާނަތްތެރިވެފައި ކަމަށާއި، އެހެންކަމުން އޭނާ މާގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާކަމަަށްވެސް މީގެ ކުރިން ވަނީ އަޑުފެތުރިފައެވެ. އަދި މިހެން މިކަން އޮތްއިރު، އެކި ފަހަރުމަތިން މުއައްޒަފުންނަށް ވަނީ ކުންފުނިން ދޭންޖެހޭ ފައިސާ ނުލިބިގެން މުޒާހަރާ ކޮށްފައެވެ. އެގޮތުން އެޕްރީލް މަހުގައިވެސް ފެނަކަ އޮފީސް ކުރިމަތީގައި މުޒާހަރާ ކޮށްފައި ވެއެވެ.

މި ކަމާއި ގުޅިގެން ސައީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއނުވެެއެވެ. ނަމަވެސް ފ. ބިލެއްދޫގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވެފައިވަނީ ފެނަކައާ ގުޅުވައިގެން ތަފާތު ވާހަކަތައް އަބަދުވެސް ދައްކާ ކަމަށާއި، އެ ވާހަކަތައް ބަޔަކު ދައްކަނީ އެ ފެނަކައަކީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކުންފުނި ކަމަށް ވާތީ ކަމަށެވެ.

އަދި ފެނަކައިން އެއްވެސް މުއައްޒަފަކު ވައްކަން ނުކުރާނެ ކަމުގެ ޔަގީން ކަމަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަކުވުމުގައި ވާހަކަދައްކަވަމުން މުއާ ވިދާޅުވީ ފެނަކަ ކުރިމަތީގައި މިއަދު ކުރެވުނު މުޒާހަރާ އަކީ ކޮންޓެކްޓަރުންލައްވާ މަސައްކަތް ކުރެވުމަށްފަހު، އެ ކޮންޓެކްޓަރުންނަށް މި ސަރުކާރުން ފައިސާ ނުދީގެން ކުރި މުޒާހަރާއެއް ކަމަށެވެ. މިއީ މިއަދު ގައުމުގެ ހާލަތު ކަމަށާއި، ކުންފުނިތަކުގެ ހާލަތު ކަމަށެވެ. ނަމަވެސް މި ކަންތައް ހައްލު ކުރައްވާނެ ވާހަކަ ޑރ. މުއިއްޒު ވިދާޅުވުމުން، އެއީ ފެނަކަ އުވާލަނީ ކަމަށްބުނެ ފަތުރާ ވާހަކަތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަަށް ދައްކާ ވާހަކައެއްކަމަށްވެސް ވިދާޅުވިއެވެ.

“އެއްވެސް މުއައަޒަފަކު ކަންބޮޑުވެ ނުލައްވާ ވަޒީފާއިން ކަނޑާނުލައްވާނެ. ކުންފުންޏެއް އުވައެއްނުލާނެ. ހިނގަމުންދާ ޕްރޮޖެކްޓްތަކެއް ހުއްޓައެއްނުލާނެ.” މުއާ ވިދާޅުވިއެވެ.

އެގޮތުން ފެނަކަ އުވާލާނެ ކަމާއިމެދު ދެކެވޭ ވާހަކަތަކީ އެެއީ ހަގީގަތެއްނޫން ކަމަށާއި، އެއްވެސް ކުންފުންޏެއް އުވާނުލާނެ ކަަމަށެވެ. ނަމަވެސް އެފަދަ ދޯދިޔާވެފައި ތިބި ކުންފުނިތައް ހަރުދަނާ ކުރުމަަށް މުއިއްޒުގެ ސަރުކާރެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މުއާ ފާހަގަކުރެއްވީ މިއަދު ރައްޔިތުން ނުކުމެ ފެނަކަ ކުރިމަތީގައި މުޒާހަރާ ކުރުމަކީ ކުންފުނިތަކުގެ ހާލަތު ގޮސްފައި އޮތް ހިސާބު ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލުވެގެންދާނީ ޑރ. މުއިއްޒުގެ ވެރިކަމެއްގައި ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: